ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)247-CA/247/2017/36
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 22 ޖޫން 2017 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ (ދާއިމީ)

އިޢުލާން

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

 

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މަޤާމްގެ ނަންބަރު

J-229512

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

ރޭންކް

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާގައި

މުސާރަ

-/6,295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަހެއް ރުފިޔާ)

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ (ދެހާސް ރުފިޔާ)

އިތުރު ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ސެކްޝަނަށް ލިބޭ ސިޓީ މެސެޖްތަކާއި ގުޅޭ ގޮތުން ޞައްޙަ މަޢުލޫމާތު އެއްކޮށް ސެކްޝަނާއި ޙަވާލުވެގެން ހުންނަވާ އިސްވެރިޔާގެ މަޝްވަރާއެކު ސެކްޝަން އޯވަސިސް ކުރައްވާ ކައުންސިލަރގެ ލަފާގެ މަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  • ކައުންސިލުން ކަނޑައަޅާ އެކި އެކި ކަންކަމާ ގުޅިގެން ހިންގަންޖެހޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްރޮޕޯޒަލްތައް ތައްޔާރު ކުރަންޖެހޭ ޕްރޮޖެކްޓް ތަކަށް ޕްރޮޕޯޒަލް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވައި އެކަން ކަމަށް ފަންޑު ހޯދުމަށް މަސައްކަތް ކުރުން.
  • ރަށުގައި ހިންގާ ތަފާތު ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ކުރާނެ ފަރާތްތައް ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް އިޢުލާންކޮށް އަދި އެކަމަށް އަންދާސީ ހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު އަންދާސީ ހިސާބު ބަލާ ކޮމެޓީއަށް ހުށަހަޅައި، އިވެލުއޭޓް ކުރުވައި އެކޮމެޓީއިން ކަނޑައަޅާ ފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތައް ތައްޔާރުކޮށް އެއާއެއްގޮތަށް މަސައްކަތްތައް ކުރުވަމުން ގެންދިއުން.
  • ރަށުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ އެންމެހައި މަޢުލޫމާތު އެއްކޮށް، އެކަންކަން މޮނިޓަރކޮށް ބަލަހައްޓައި އެކަމާ ގުޅިގެން ކަމާބެހޭ ފަރާތް ތަކަށް އެއްބާރުލުންދީ އެކަންކަމާ ގުޅިގެން ކައުންސިލުން ކުރަންޖެހޭ އިދާރީ މަސއްކަތް ކުރުން.
  • ކައުންސިލުން ހިންގާ އެކި އެކި ޕްރޮޖެކްޓްތަކާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތަކާ އެއްގޮތަށް އެކަމެއް ކުރުމަށްދާނެ ޚަރަދު ތަކުގެ މައްޗަށް ބަލައި ތައްޔާރު ކުރަންޖެހޭ ބިލް އޮފް ކުއެންޓިޓީތައް ތައްޔާރު ކުރުން.
  • ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރައްވާ އެންމެހައި މަސައްކަތްތައް ސެކްޝަން ޙަވާލުވެ ހުންނަވާ ފަރާތުގެ މަޝްވަރާއާއެކު ސެކްޝަން އޯވަރސިސް ކުރައްވާ ކައުންސިލަރުގެ ލަފާގެ މަތިން ކުރަމުން ގެންދިއުން.
  • ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ބޯހިމެނުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުން.
  • ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ކުރުން.
  • ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • §      ޚާއްޞަ ހާލަތްތަކާއި ގުޅިގެންނާއި އިޖުތިމާޢީ ގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠު

  1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

ވަޒީފާގެ ޝަރުތު

ވަޒީފާގެ ޝަރުތު ފުރިހަމަވުން

25

11

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ އިތުރު ތަޢުލީމު

60

25.5

ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު ތަމްރީނު

30

12.5

މަސައްކަތު ތަޖުރިބާ

ވަޒީފާއާ ގުޅޭ މަސައްކަތު ތަޖުރިބާ

10

4

އެހެނިހެން މަސައްކަތު ތަޖުރިބާ

10

4

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލް

100

43

ޖުމްލަ

235

100

ހުށައަޅަންޖެހޭ ލިޔުންތައް

ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ލިބެން ހުންނާނެއެވެ.

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

އެޕްލިކޭޝަން ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ، އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ނެގުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 02 ޖުލައި 2017 އާއި 06 ޖުލައި 2017 އާއި ދެމެދު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 08 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރީއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން  ޖުމްލަ %30  (ތިރީސް އިންސައްތަ)  އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މައުލޫމާތު

މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500012 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

      17 ރަމްޟާން 1438 

12 ޖޫން 2017