ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-OFID/1/2017/56
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 04 ޖުލައި 2017 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރު (އެމް.އީ.އާރް.އޯ)

އިޢުލާން

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރު (އެމް.އީ.އާރް.އޯ)  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެދަށުން ކުރިއަށްގެންދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ މޮނިޓަރިންގ، އިވެލުއޭޝަން އަދި ރިޕޯޓިންގ މަސައްކަތްތައް މެނޭޖްކުރާނެ މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.

ޕްރޮޖެކްޓް މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޝްރޫޢުގެ އެކިއެކި ހަރަކާތްތައް ކަނޑައެޅިފައިވާ ވަގުތާއި ފެންވަރު ބެލޭވަރުގެ އިވެލުއޭޝަން އަދި މޮނިޓަރިންގ ފްރޭމްވާރކްއެއް ތައްޔާރުކޮށް ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން މޮނިޓަރކޮށް، ޕްރޮޖެކްޓް ޓީމާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ހިންގައި، އިވެލުއޭޓްކޮށް، މޮނިޓަރކުރުމާއި ރިޕޯޓްތައް ތައްޔާރުކުރުން އަދި އެކުލަވާލެވޭ ފްރޭމްވާރކްއާއި އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ.

މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) އިންޓަރނޭޝަނަލް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ދާއިރާއިން، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަސައްކަތާއި ގުޅޭދާއިރާއިން ޑިގްރީ ހާޞިލްކޮށްފައިވުން

ށ) ޑިވެލޮޕްމަންޓް ސެކްޓަރގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޮގްރާމް ތައްޔާރުކުރުމާއި ހިންގުމުގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ އިތުރުން ސައުތް އޭޝިއާ ސަރަޙައްދުގެ ޑިވެލޮޕްމަންޓް ސެކްޓަރގައި  މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޮގްރާމް ތައްޔާރުކުރުމާއި ހިންގުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ނ) ބައިނަލްއަޤްވާމީ އެހީދޭ ޖަމިއްޔާގެ ޕްރޮޖެކްޓްތައް ބޭނުންވާ މިންވަރަށާއި ދެމެހެއްޓެނިވިކަން ވަޒަންކުރެވޭނެގޮތް ބެލޭނެފަދަ އަދި  ޕްރޮޖެކްޓްތަކުން ނިކުންނަ ނަތީޖާ ބެލުމަށްޓަކާ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޭމްވާރކް ޑިޒައިން މަސައްކަތްކޮށް، އަމަލީ ތަޖުރިބާ ލިބިފައިވާފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ރ) ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތު، ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އިނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް ނަގައިގަތުމުގެ ހުނަރާއި ގާބިލިއްޔަތުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ބ)  އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

ޅ)  އިނގިރޭސި ބަހާއި ދިވެހި ބަހުން މުވާޞަލާތްކުރުމުގެ ހުނަރުލިބިފައިވުން.

-  ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

-  މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ، ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

-  އިންޓަރވިއުއަށް ހޮވިފައިވާ ފަރާތްތަކަށް އިންޓަރވިއުއަށް ދައުވަތުއެރުވޭނެއެވެ އަދި އެފަރާތެއް ކުރިންކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ   ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވުމަށް އެންގޭނެއެވެ.

-  މި މަޤާމަށް ހޮވޭ ފަރާތައް ކުރަންޖެހޭ ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އިނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް އިނގެންވާނެއެވެ. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި، މަހަކު -/30,000 ދިވެހި ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މިމަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖުލައި 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:   453-3018-960+

ފެކްސް: 301-3018-960+

އީމެއިލް: [email protected]

އިތުރު މައުލޫމާތު:

- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އެޑްރެހަށް އީމެއިލްކުރުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ 3018453 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                             17 ރަމަޟާން 1438

12 ޖޫން 2017