ޢާންމު މަޢުލޫމާތު
ނަންބަރު: IL-ADM/2017/25
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:11
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ފިޠުރު ޢީދު ބަންދު

1438 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި 28 އަދި 29 ޖޫން 2017 އަކީ ބަންދު ދުވަހެއްކަމުގައި ކަޑައަޅުއްވާފައިވާތީ، މިޖޫންމަހުގެ 28 ވާ ބުދަދުވަހަކީ މިއޮތޯރިޓީ އާއި ބޭންކުތަކާއި މި އޮތޯރިޓީ ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް ޚިދުމަތް ދިނުމަށްޓަކައި ހުޅުވިފައި ހުންނާނެ ދުވަހެއްގެ ގޮތުގައި ހަމަޖައްސައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

 

ބޭންކިން ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 10:30 އިން މެންދުރު 1:00 އަށް.

           (ވަކިލާރި ދޫކުރުމުގެ ޚިދުމަށް): ހެނދުނު 10:30 އިން މެންދުރު 12:00 އަށް.

ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 10:30 އިން މެންދުރު 1:00 އަށް.

12 ޖޫން 2017