ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2017/31
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 21 ޖޫން 2017 00:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި ގުޅޭ:

                                                              ނަންބަރު: A/IUL/344/2017/31

 

                              އިޢުލާން

 

 

          މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކަކީ ގޯއްޗާއި ހަވާލުވާ ފަރާތުން އެއްބަސްވުމެއްގެ މަތިން ޙަވާލުކުރެވިފައިވާ ގޯތިތަކެކެވެ. މިގޮތުން އެއްބަސްވުމެއްގެ މަތިން ގޯތި ޙަވާލުކުރެވިފައިވީނަމަވެސް ގޯތި ގެދޮރުގެ ވެރިފަރާތްތަކުން މިކަމާ ސަމާލުކަން ދޭވަރު ކުޑަކަމަށް ކައުންސިލަށް ފާހަގަ ކުރެވެއެވެ.

          ގޯތި ގެދޮރުގެ މަގުމަތީގެ ސާފުތާހިރުކަން ކުޑަކަމާއި ގޯތި ގެދޮރުގައި ހައްދާފައި ހުންނަ ގަސްތަކުން މަގުން ހިގާ މީހުންނަށް އުނދަގޫވާކަން ކައުންސިލަށް ފާހަގަ ކުރެވޭތީ، ގޯތި ތެރެއާއި މަގުމަތި ސާފުކޮށް ބޭއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް  އެންގީމެވެ. އަދި ގޯތީގައި ހެދިފައި ހުރި ގަސްތައް ބިމުން ފެށިގެން 10 ފޫޓަށް 21-06-2017 ވަނަ ދުވަހުގެ ކުރިން ކޮށުމަށް ވެސް އަންގާ އިޢުލާން ކުރީމެވެ.

          މިފަދަ ކޮންމެ ކަމަކަށް ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް މިފުރުސަތުގައި ޝުކުރުވެރިވާ ވާހަކަވެސް ދެންނެވީމެވެ.

                                         

     

                               

                                   16 ރަމަޟާން 1438

11 ޖޫން 2017