ވަޒީފާގެ ފުރުޞަތު
ނަންބަރު: GS33/2017/16
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 19 ޖޫން 2017 12:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓަރ

ވަޒީފާގެ ފުރުޞަތު

ޕްރިންޓަރ މަޤާމަށް މީހަކު ހޯދުމަށްޓަކައި މި  މަދަރުސާއިން ކޮށްފައިވާ   GS 33/2017/12      

ނަންބަރުގެ އިޢުލާނުގައި ޝޯޓްލިސްޓް ކުރުމާއި މަޤާމަށް ހޮވުމަށް އެންމެ ދަށްވެގެން ހޯދަންޖެހޭ އިންސައްތަ ހިމެނިފައި ނުވާތީ  އެ އިޢުލާން ބާޠިލްކުރުމަށްފަހު އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް:               ޕްރިންޓަރ

މަޤާމުގެ ނަންބަރު:           J-259060

ބޭނުންވާ އަދަދު:            01

މަޤާމުގެ ގިންތި :           ދާއިމީ

ރޭންކް:               އެސް.އެސް 03

ކްލެސިފިކޭޝަން :           ސަޕޯޓް ސްޓާފް ގްރޭޑް3

ސެކްޝަން:              އިދާރީ

ވަޒީފާއޮތް އޮފީސް:           ބ.އަތޮޅުމަދަރުސާ

ވަޒީފާއަދާކުރަންޖެހޭ ތަން:         ބ.އަތޮޅުމަދަރުސާ، ބ. ދަރަވަންދޫ

މުސާރަ :              -/3875ރުފިޔާ

ސަރވިސް އެލަވަންސް:          -/1000 ރުފިޔާ

އިތުރު އިނާޔަތް:     1. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންބޭސްފަރުވާގެޚިދުމަތް.

          2. ދިވެހިރާއްޖޭގެޕެންޝަނާބެހޭޤާނޫނުގެދަށުންލިބިދެވޭޕެންޝަންކޮންޓްރިބިއުޝަން.                 3. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެފައިސާ

ދާއިރާ:              އިންފޮމޭޝަން ޓެކްނޮލޮޖީ    

 

މަޤާމުގެމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  1. ޗާޕުކުރަން ޖެހޭޓެސްޓުޕޭޕަރު، ނޯޓިސް،ފޮޓޯކޮޕީހަދަންޖެހޭތަކެތިކަނޑައެޅިފައިވާގަޑިއަށްޗާޕުކޮށްފައިޙަވާލުކުރުން
  2. ޕްރިންޓްކުރާތަކެތީގެކޮޕީފައިލްކޮށްބެލެހެއްޓުން
  3. ކޮންމެއަހަރަކުވެސްޖެނުއަރީ 8 ގެކުރިން ޓީޗަރުންގެ ހޭންޑްބުކް، ވެރިއެއްގެލަފާގެމަތިން ތައްޔާރުކޮށް ނިންމައި ޙަވާލުކުރުމާއި،ޕްރައިޒްޑޭ ފަދަޚާއްޞަދުވަސްތަކުގައ ޗާޕްކުރާފޮތްތައް ކަނޑައެޅިފައިވާދުވަހަށްނިންމުން
  4. ބައިންޑްކުރުމާއިލެމިނޭޓްކުރުން
  5. ޕްރިންޓިންގ ރޫމްގައި ހުންނަ ހުރިހާ މެޝިނަރީއާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި އެތަކެތިބެލެހެއްޓުން
  6. އޮފީހަށާއި ޓީޗަރުންނަށް ބޭނުންވާތަކެތި ވެރިއެއްގެލަފާގެމަތިން ފޮޓޯކޮޕީހަދައިދިނުން
  7. ފޮޓޯކޮޕީ މެޝިންތަކާއި، ޗާޕްމެޝިން އަދިއެހެނިހެންޕްރިންޓަރތައް ރަގަޅަށް ސާފުކޮށްބެލެހެއްޓުމާއިއެކު މެޝިނަކަށްމައްސަލައެއް މެދުވެރިވެއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ކަމާބެހޭވެރިއަކަށް ވަގުތުން ދިނުމާއި އެކަންހައްލުކުރުމަށް ކަމާބެހޭފަރާތްތަކާއި ގުޅައިގެން މަސައްކަތްކުރުން.
  8. ޕްރިންޓްކުރުމަށްބޭނުންވާކަރުދާހާއިދެލިފަދަތަކެތިދުރާލާހޯދުން
  9. އޮފީހުންކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައިބައިވެރިވުމާއި، އޮފީހުގެމަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައްކުރުން.

މަޤާމުގެ ޝަރުތުތައް:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ  ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

      ނުވަތަ

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

    1- ހާސިލުކޮށްފައިވާތަޢުލީމާއިތަމްރީނަށްބަލައިގެން.

    2- މަސައްކަތުގެދާއިރާއިންލިބިފައިވާތަޖުރިބާއަށްބަލައިގެން.

    3-ޤާބިލުކަންކަށަވަރުކުރުމަށްއިންޓަވިއުކޮށްގެން.    

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ      ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

    6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

    7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން       ސިވިލް ސަރވިސް   ޓްރޭނިންގ  އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

    8.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިން ބޭރުވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައިވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭފޯމު މި މަދަރުސާގެއޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި  www.csc.gov.mv ވެބްސައިޓުން މިފޯމުޑައުންލޯޑުވެސްކުރެވޭނެއެވެ. މަޤާމަށްއެދިހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 19  ޖޫން 2017 ވާ ހޯމަ ދުވަހުގެ 12:00 ގެކުރިން، މި މަދަރުސާގެ އޮފީހުކައުންޓަރަށެވެ. ވަޒީފާއަށްއެދޭފޯމާއި ލިޔުންތައް އީމެއިލްމެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ،[email protected] އެވެ. އެޕްލިކޭޝަންފޯމާއެކުހުށަހަޅަންޖެހޭހުރިހާލިޔުންތައްހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު ކުރުން

ހ. އިންޓަރވިއު ކުރުން އޮންނާނީ 20 ޖޫން 2017 އާއި، 21 ޖޫން 2017 އާއި ދެމެދު ބ. އަތޮޅުމަދަރުސާގައެވެ. ވުމާއި އެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 % 25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މައުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ބ. އަތޮޅުމަދަރުސާގެ ނަންބަރު: 6600034 ފޯނާ ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6600035 އެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

 

 

16 ރަމަޟާން 1438

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

11 ޖޫން 2017