ތަމްރީނު
ނަންބަރު: MNU-CA-RG/2017/35
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 15 ޖޫން 2017 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާސްޓަރ އޮފް އެޑިއުކޭޝަން (އިންގްލިޝް ލޭންގްވިޖް ޓީޗިންގ) / މާސްޓަރ އޮފް އެޑިއުކޭޝަން (ދިވެހި ލޭންގްވިޖް ޓީޗިންގ)

އިޢުލާން

 

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖުލައި 2017 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 12 ޖޫން 2017 ވާ ހޯމަ ދުވަހުން ފެށިގެން  15 ޖޫން 2017 ވާ ބުރާސްފަތި  ދުވަހުގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަން

  1. މާސްޓަރ އޮފް އެޑިއުކޭޝަން (އިންގްލިޝް ލޭންގްވިޖް ޓީޗިންގ)

 

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާކެމްޕަހާއިކޯސްހިންގާނެގޮތް: ކ. މާލެ ، ބްކޮލް މޯޑު

ކޯހަށްވަނުމަށްބޭނުންވާއެންމެދަށްމިންގަނޑު:

   ހ. ގުޅުންހުރި ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލުކުރާ ލެވެލް 7 ގެ ސަނަދެއް އޮތުމާއެކު ފުރަތަމަ ޑިގްރީ ހާސިލުކުރިއިރު އިނގިރޭސި މީޑިއަމް އިން ކިޔަވައިފައިނުވާނަމަ IELTS އިން ދަށްވެގެން 6.0 ލިބިފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

2. މާސްޓަރ އޮފް އެޑިއުކޭޝަން (ދިވެހި ލޭންގްވިޖް ޓީޗިންގ)

 

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާކެމްޕަހާއިކޯސްހިންގާނެގޮތް: ކ.މާލެ ، ބްކޮލް މޯޑު

ކޯހަށްވަނުމަށްބޭނުންވާއެންމެދަށްމިންގަނޑު:

   ހ. ގުޅުންހުރި ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލުކުރާ ލެވެލް 7 ގެ ސަނަދެއް އޮތުމާއެކު ފުރަތަމަ ޑިގްރީ ޙާޞިލު ކޮށްފައިވަނީ އިނގިރޭސި ބަހުން ނޫންނަމަ، ޖީ.ސީ.އީ އޯލެވެލް އިނގިރޭސި ފާހެއް ލިބިފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

06 ޖޫން 2017