ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2017/20
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 19 ޖޫން 2017 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

 

މިބިއުރޯގެ ނަންބަރު:(IUL)457-HR/1/2017/14  އިއުލާންގައި ދާއިރާ ކަނޑައަޅާފައި ނެތުމުން މިނަންބަރު އިއުލާން ބާތިލްކޮށް އަލުން މިމަޤާމު އިއުލާންކުރީމެވެ.

 

މަޤާމް:

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ  

މަޤާމުގެ ނަންބަރު:

252340

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީއެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ހިއުމަން ރިސޯސް މެނޭޖްމަންޓް

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް /މާލެ

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން އަސާސީ މުސާރައިގެ %35 ފައިނޭންސް އެލަވަންސްގެ ގޮތުގައި ލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހުސްވާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އެކިއެކި ބޭނުންތަކަށް އޮފީހުގެ މުވައްޒަފުންނާއި އޮފީހުގައި އުޅެފައިވާ މުވައްޒަފުންނަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް ހެދިފައިވާ ޤަވާޢިދާ އެއްގޮތަށް އެފަރާތްތަކަށް ފޮނުވުން
  3. ބިއުރޯއަށް އަލަށް އުފައްދާ މާޤާމުތައް އުފެއްދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްޝަންގެ އެންމެ އިސްވެރިޔާ ލަފާގެ މަތިން ކުރުން.
  4. ވަކިގޮތެއް ނާންގާ ވަޒީފާއަށް ނުނިކުމެތިބޭ މުވައްޒަފުންގެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. މުސާރަނުލިބޭ ގޮތަށް ވީއްލޭ މުވައްޒަފުންގެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ، ރެކޯޑްސް ބެލެހެއްޓުން.
  6. ކިޔަވަން ފޮނުވިފައިވާ މުވައްޒަފުންގެ ވަޒީފާގެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށްކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. މިއޮފީހުގެ މުވައްޒަފުން ބައިވެރިވާ ބައްދަލުވުންތަކުގެ ތަފްޞީލް ހިމެނޭ ސްޓާފް ޝެޑިއުލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. މަޤާމުތަކުގެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނާ ހަވާލުކުރުން
  9. ބިއުރޯގެ އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތަކާއި އެއްގޮތަށް އޮނިގަނޑު އިސްލާޙްކޮށް ބެލެހެއްޓުން.
  10. ބިއުރޯގެ މެންޑޭޓަށް އަންނަ ބަދަލުތައް އިސްލާޙުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  11. މިއޮފީހުގެ އަހަރީ ރިޕޯޓަށް ސެކްޝަނުން ހުށަހަޅަންޖެހޭ މަޢުލޫމާތުތައް އެކުލަވާލުން.
    1. މުވައްޒަފުންނަށް ނަސޭޙަތްދޭންޖެހޭ ޙާލަތްތަކުގައި އެމުވައްޒަފުންނަށް ނަސޭޙަތްދިނުމުގެ އިންތިޒާމް ހަމަޖައްސައި  ސެކްޝަންގެ ހެޑުގެ ލަފާގެ މަތިން ލިޔުން ތައްޔާރުކޮށް އެލިޔުން ޙަވާލުކުރުން

 

މަޤާމުގެ ޝަރުޠުތައް:

  1. މޭނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. މަތީ ސާނަވީ އިމްތިހާނަކުން 2  މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސުކޫލް ސެޓްޓްފިކެޓް އިމްތިހާނުގައި ' ދިވެހި' މި މާއްދާއިން ' ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2  މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި  ' ދިވެހި' މިމާއްދާއިން  ދަށްވެގެން ' ސީ' ގްރޭޑް ލިބިފައި ވުމާއެކު މާޤާމުގެ މަސައްކަތުގެ ދާއިރާގައި 2  އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ  ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް)  ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.statisticsmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖޫން 2017  ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން ކުރުން އޮންނާނީ،  2017 ވަނަ އަހަރު ޖޫން މަހުގެ 20 އާއި 22 އާ ދެމެދު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް  ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • ސިވިލް ސަރވިސްއަށް ވަނުމަށް އެދޭ އިމްތިހާން (ކަނޑައެޅިފައިވާ އިން ސައްތަ: %5)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: )
  • އިންޓަރވިއުއާއި އިމްތިހާނުކުރުން  (ކަނޑައެޅިފައިވާ އިންސައްތަ: %43)
  • އެހެނިހެން ތަޖުރިބާ  (ކަނޑައެޅިފައިވާ އިންސައްތަ: %4)

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

  16 ރަމަޟާން  1438 ހ

11 ޖޫން  2017 މ

 
11 ޖޫން 2017