ތަމްރީނު
ނަންބަރު: (IUL) 438/438/2017/116
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 22 ޖޫން 2017 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ތުނޑު ކުނާ ވިޔަން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމް – ޏ.ފުވަމުލަކު

                                                                                       ނަންބަރ:  IUL) 438/438/2017/116)

އިޢުލާން

ތުނޑު ކުނާ ވިޔަން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމް – ޏ.ފުވަމުލަކު

ތުނޑު ކުނާ ވިޔަން ދަސްކުރުމަށް ޝަޢުގުވެރިކަން ހުރި އަދި އެމަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ ފަރާތް ތަކަށް ތަމްރީންވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިތަމްރީނު ޕްރޮގްރާމަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން ހިނގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން  މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ހަވާލުކޮށް ހިނގާ ތަމްރީނު ޕްރޮގްރާމެކެވެ. ސީ.ސީ.އޭ.ޕީގެ ތެރޭގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅި ފާ ޗަސްބިން މެނޭޖްކުރުމުގެ ބަޔަކާއި، ކުނި މެނޭޖްކުރުމުގެ ބަޔަކާއި އަދި ފަރުތަކައް އަންނަ ބަދަލުތައް ދިރާސާކުރުމުގެ ބައެކެވެ. ދެމެހެއްޓެނިވި ގޮތުގައި ކުޅި ފާ ޗަސްބިން މެނޭޖްކުގުމުގެ ތެރެއިން ކުރެވޭ މުހިންމު އެއްކަމަކީ މިފަދަ ތަންތަނުން އާމްދަނީ ލިބިދާނެ މަގުތައް އާންމުންނަށް ދައްކައިދީ އެކަންކަން ކުރުމަށް އާންމުން ތަމްރީނުކުރުމެވެ. މިގޮތުން މިތަމްރީނު ޕްރޮގްރާމުގައި ދަސްކޮށްދެވޭނީ ފުވައްމުލަކު ޗަސްބިން ސަރަހައްދުގައި ހެދޭ ހައު ބޭނުންކޮށްގެން ތުނޑު ކުނާ ވިއާނެ ގޮތާއި އަދި މިތަކެތި ވިއްކާ މާކެޓް ކުރެވިދާނެ ގޮތްތަކެވެ.

 

ކޯހުގައި ބައިވެރިވުމުގެ ޝަރުތު:

  • 16 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން (18 އަހަރު ނުވާނަމަ ބެލެނިވެރިޔާގެ އިގުރާރު އެޕްލިކޭޝަން ފޯމުގައި ހިމަނަންވާނެއެވެ)
  • ފުވަމުލަކުގައި ދިރިއުޅޭ ރައްވެއްސަކަށްވުން

 

ކޯހުގެ މުއްދަތު:

  • *4 ޖުލައި 2017 އިން 25 ޖުލައި 2017 (ކޯސް ފުރިހަމަވިކަމަށް ބެލެވޭނީ މަދުވެގެން 90 ގަޑިއިރު ހަމަކުރުމުންނެވެ.)

* ކޯސް ފުރިހަމަވާނީ 30 ސެޕްޓެމްބަރ 2017 އިން 7 އޮކްޓޯބަރ 2017 އޮންނަ މާކެޓިންގ ތަމްރީން ބައި ފުރިހަމަކުރުމުންނެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ސާފުކޮށް ކިޔަން އެނގޭނެ ކޮޕީއެއް

 

ހުށަހަޅަންޖެހޭ އޮފީސް:

  • ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ

 

އެޕްލިކޭޝަން ފޯމް ލިބޭނީ:

  •  ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ނަންބަރ: 6865001 ފޯނާއެވެ. މިނަންބަރުން ނުގުޅިއްޖެ ނަމަ 7996694 ނަންބަރު ފޯނާއެވެ.

 

ސުންގަޑި:

 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

 

ބައިވެރިންގެ އަދަދު އަދި ބައިވެރިން ހޮވުމުގައި އިސްކަންދެވޭ މިންގަނޑު:

މިކޯހުގައި ގިނަވެގެން ބައިވެރިވެވޭނީ 16 ފަރާތަކަށެވެ. 16 ފަރާތަށްވުރެ ގިނަ ފަރާތުން ކޯހަށް އެދި ހުށަހަޅާނަމަ ކޯހުގެ ބާވަތައް ބަލައި އިސްކަންދެވޭނީ އަންނަނިވި ފަރާތްތަކެށެވެ.

  1. އަންހެނުން
  2. *ރަސްމީ މަސައްކަތެއްގައި ޝާމިލްނުވާ ފަރާތްތައް
  3. އަތްތެރި މަސައްކަތް ކުރުމުގައި ކޮންމެވެސް ގޮތަކުން ޝާމިލްވެފައިވާ ފަރާތްތައް

*ރަސްމީ މަސައްކަތެއް ކަމުގައި ބަޔާންކޮށްފައި އެވަނީ ކޮންމެ ދުވަހެއްގައި ވަކި ގަޑިއެއްގައި ނުވަތަ ޑިއުޓީ އުސޫލުން ވަކިތަނަކަށް ގޮސް މަސައްކަތް ކުރާ ފަރާތްތަކަށެވެ.

 

މިކޯހުގައި ބޭނުންކުރާނެ ތަކެތި ކޯސް އިންތިޒާމު ކުރާފަރާތުން ދޭނެއެވެ. އަދި ކޯހުގައި ބައިވެރިވުމަށް ފީއެއް ދޭކަށް ނުޖެހޭނެއެވެ.

 

08 ޖޫން 2017

08 ޖޫން 2017