ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-C/1/2017/33
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 18 ޖޫން 2017 13:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އިޢުލާނު

ނަންބަރު:  IUL)196-C/1/2017/33)

ވަޒީފާގެ ފުރުޞަތު

މަޤާމު:                 ޕްރޮޖެކްޓް މެނޭޖަރ (ވަގުތީ)

ބޭނުންވާ ޢަދަދު:           01 (އެކެއް)

މުއްދަތު:                6 (ހައެއް) މަސް  

މުސާރައާއި ޢިނާޔަތް:        -/25,000 ރުފިޔާ

ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ތަން:  މާލެ

މަސައްކަތު ގަޑި:         ދުވާލަކު 08 ގަޑިއިރު

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  މިއޮފީހުގައި ގާއިމުކުރުމަށް ބޭނުންވާ ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތުގެ އިތުރުން މި ޕްރޮޖެކްޓްގެ މަސައްކަތްތައް ރާވާ، ޕްރެޖެކްޓް ޓީމާއި ގުޅިގެން މަސައްކަތްތައް ހިންގާ އަދި މަސައްކަތްތަށް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން.

 

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން

 

(ށ) PHP ފަދަ ޕްރޮގްރާމިންގ ލެންގުއޭޖަށް އަހުލުވެރިވުން

(ނ) JQuery, CSS3 ,HTML5, JavaScript ފަދަ ވެބް ޓެކްނޮލޮޖީ އަށް އަހުލުވެރިވުން

(ރ)   MSSQL ނުވަތަ  MYSQLއަށް އަހުލުވެރިވުން

(ބ) ސިސްޓަމް އެނަލައިސިސް އެންޑް ޑިޒައިނިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ލައިފް ސައިކަލްއަށް އަހުލުވެރިވުން

(ޅ) MVC ފްރޭމްވޯރކަށް އަހުލުވެރިވުން

(ކ) UI/UX ޑިޒައިންގ ކުރުމުގެ ތަޖުރިބާ ލިބިފައިވުން

(އ) ވަޔަރ ފްރޭމްސް، ސްޓޯރީބޯރޑް، ޔޫޒަރ ފްލޯ، ޕްރޮސެސް ފްލޯ އަދި ސައިޓް މެޕްސް ތައްޔާތުކުރުމުގެ ތަޖުރިބާ ހުރުން

(ވ) ވިސުއަލް ޑިޒައިން އާއި ޔޫޒަރ ސިސްޓަމް އިންޓަރެކްޝަންގެ ހުނަރުހުރުން

(މ) ފަހުގެ ޔޫއައި ޓްރެންޑް، ޓެކްނިކްސް އަދި ޓެކްނޮލޮޖީއަށް ފަރިތަވުން

 

ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 18 ޖޫން 2017 ވަނަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް [email protected]) އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ

2-      ވަނަވަރު

3-      ދރއ. ކާޑުގެ ކޮޕީ

4-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

13 ރަމަޟާން 1438

08 ޖޫން 2017