ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2017/104
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 15 ޖޫން 2017 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ / އެސޯސިއޭޓް ލެކްޗަރަރ (އިސްލާމިކް ސްޓަޑީޒް)

މަޤާމް :ލެކްޗަރަރ / އެސޯސިއޭޓް ލެކްޗަރަރ (އިސްލާމިކް ސްޓަޑީޒް)
ބޭނުންވާ އަދަދު :1

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

ދާއިރާ

އިސްލާމިކް ސްޓަޑީޒް

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އޯޕަންލާރނިންގ

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މުސާރަ:

މަހަކު 12,687.50 ރ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

ދާއިރާ

އިސްލާމިކް ސްޓަޑީޒް

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އޯޕަންލާރނިންގ

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

37

މުސާރަ:

މަހަކު 11,374.40 ރ

ސަރވިސް އެލަވަންސް:

މަހަކު 4,874.74 ރ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސެންޓަރުން މާލޭގައާއި ކެމްޕަސްތަކުގެ އިތުރުން އައުޓްރީޗް ސެންޓަރުތަކުގައި ހިންގާ ކޯސްތަކަށް ކިޔަވައިދިނުން.
  • ޓިއުޓޯރިއަލް އާއި ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުން.
  • ރިސާޗް މަސައްކަތްކުރުން.
  • ފަންނީ ޙަރަކާތްތަކުގައި ބައިވެރިވުން.
  • ކިޔަވައިދޭ މާއްދާތަކުގެ އިމްތިހާނު ތައްޔާރު ކުރުމާއި މާކުކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން.
  • ކިޔަވައިދޭ މާއްދާތަކާއި ގުޅޭ އިދާރީ މަސައްކަތް ކުރުން.
  • ދަރިވަރުންނާއިއެކު މަޝްވަރާ ބޭއްވުން.
  • އޮންލައިން ކޮށް ކިޔަވައިދިނުމާއި ދަރިވަރުން ކިޔެވުމާގުޅިގެން އޮންލައިން ސަޕޯޓް ދިނުން.
  • ކިޔަވައިދޭ ދަރިވަރުންނަށްބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.
  • މާއްދާ ކޯޑިނޭޓްކުރުން.
  • މަރުކަޒު އަދި ޑިޕާރޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުމާއި ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • މިމަޤާމަށް ހޮވާ ކެންޑިޑޭޓަކީ އަރަބި މީޑިއަމްއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓަކަށް ވާންވާނެއެވެ.
  • އިސްލާމިކް ސްޓަޑީޒް، އިސްލާމީ ތާރީޚް، އަރަބި ބަސް، ޤުރުއާން، މީގެތެރެއިން ވީހާ ގިނަ މާއްދާތައް ކިޔަވައިދެވޭ އަދި އަރަބި ބަހުން ވާހަކަ ދައްކަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345408 ނަމްބަރު ފޯނަށެވެ.
08 ޖޫން 2017