ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-MS/1/2017/9
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 15 ޖޫން 2017 13:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާނު [ނަންބަރު:IUL)219-MS/1/2017/7)، ތާރީޚް:(21  މޭ 2017)] އިއުލާނުގައި ދީފައިވާ މުއްދަތު 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރުކޮށްފީމެވެ. މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިހާރުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:  

(ހ) އިޖްތިމާޢީ ދާއިރާ

(ށ) ސިޔާސީ ދާއިރާ

(ނ) ޝަރުޢީ އަދި ޤާނޫނީ ދާއިރާ

(ރ) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

(ބ) ކުޅިވަރުގެ ދާއިރާ

(ޅ) ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ

(ކ) ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ، އަދި

(އ) ފީޗަރ ލިއުމުގެ ދާއިރާ

މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ހިމެނެއެވެ.

މިއިނާމުތަކަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުއްމީދީ ނޫސްވެރިޔާ އަށް ނަން ހުށަހަޅާފޯމުންނެވެ. މި ދެފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަޑުތައް ހިމެނޭ  'މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު' މި އިއުލާނާއެކު އާންމުކޮށްފައިވާނެއެވެ.

ވީމާ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނަށް ނުވަތަ 3003886 ނަންބަރު ފޯނުން ލިބޭނެއެވެ.

 

12 ރަމަޟާން 1438

08 ޖޫން 2017