ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-A1/142/2017/20
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 11:14
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ މުޞްޙަފް ބެހުމާގުޅޭ

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، އެހެން ޤައުމުތަކަށް ލިބިފައިވާ މަތިވެރި ޝަރަފު މުސްލިމު ދިވެހި މުވާޠިނުންނަށް ހޯދައި ދިނުމުގެ މަތިވެރި މަޤުޞަދުގައި، "ކޮންމެ ދިވެއްސަކަށް މުޞްޙަފެއް" މިޝިޢާރުގެ ދަށުން މި މިނިސްޓްރީއާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒާއި ބަޙްރައިންގެ ޤުރްއާން ކެއާރ ސޮސައިޓީ ގުޅިގެން ދިވެހިރާއްޖެއަށް ޚާއްޞަ މުޞްޙަފެއް "މުޞްޙަފް މާލްދީފް"ގެ ނަމުގައި ޗާޕުކުރުމުގެ ޢަމަލީ މަސައްކަތް ނިމި، 100,000 މުޞްޙަފް މިހާރުވަނީ ރާއްޖެގެނެސްފައެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ޗާޕްކޮށްފައިވާ 100،000 މުޞްޙަފް ބެހުމަށް މި މިނިސްޓްރީން ހަމަޖައްސާފައިވަނީ އުމުރުން 15-39 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް މުޞްޙަފެއްގެ ގޮތުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން ބަންދުނޫން ކޮންމެ ދުވަހެއްގެ 10:30 އިން 13:00އަށް އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމުން މި މިނިސްޓްރީގެ ކައުންޓަރުން މުޞްޙަފް ލިބޭނެކަމުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މި މަޝްރޫޢުގެ ދަށުން އިތުރު މުޞްޙަފް މިނިސްޓްރީއަށް ލިބުނުހާ އަވަހަކަށް އިތުރު އުމުރުފުރާގެ ބޭފުޅުންނަށް މުޞްޙަފް ދޫކުރާނެ ކަމުގައި ދަންނަވަމެވެ.

12 ރަމަޟާން 1438

08 ޖޫން 2017