ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-FA(B)/1/2017/28
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 15 ޖޫން 2017 00:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގެ ބޭނުމަށް، ލިޔެލާޖެހި ތަކެއްޗާއި، ތުނޑުކުނާ، 2 އަހަރު ދުވަހުގެ މުއްދަތަށް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

ތިރީގައި މިވާ ތަކެތި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އޮފީހުގެ ބޭނުމަށް، ތިރީގައި މިވާ ތަކެތި، 2 އަހަރު ދުވަހުގެ މުއްދަތަށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

1. ލިޔެލާޖެހި ވާސް

2. ލިޔެލާޖެހި ދަޅާއި ކުރަނޑި

3. ދަޢުވަތުކާޑު ލާ ދަޅު، ލިޔެލާޖެހި (ސްޓޭންޑާއެކު)

4. ތުނޑުކުނާ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖޫން 11 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

  12 ރަމަޟާން 1438

 

07 ޖޫން 2017