މަސައްކަތް
ނަންބަރު: GS-169/IU/2017/09
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 14 ޖޫން 2017 13:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

 

ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުން

 މި ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް އެގްރިމެންޓް ކޮށްފައިވާ ފަރާތުން އެގްރިމެންޓް ބާތިލުކުރުމަށް އެދިފައިވާތީ،31 ޑިސެމްބަރު 2017ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 ޖޫން 14ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ށް ސްކޫލަށްދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖޫން 20ވާ އަންގާރަ  ދުވަހުގެ މެންދުރުފަހު 13:00ށް ގައި އަންދާސީ ހިސާބާއިއެކު ސްކޫލު އޮފީހަށް ދުރުވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، ކޮންމަސައްކަތެއްގެ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

އަދި މިވަގުތު ދުރުވާ ބޭފުޅުންގެ ހާޟިރުގައި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނެއެވެ. މިމަސައްކަތުގެ  މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައިނުވާ ފަރާތްތަކާއި، ގަޑިއަށް ޙާޟިރުނުވާފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

06 ޖޫން 2017

06 ޖޫން 2017