ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2017/53
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 18 ޖޫން 2017 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން 

މަޤާމް:  ފައިނޭންސް އޮފިސަރ

ރޭންކް:  އެމް އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ: ހިންމަފުށީ ކައުންސިލް އިދާރާ

ސެކްޝަން: ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހިންމަފުށީ ކައުންސިލް އިދާރާ

މުސާރަ: 5610:00 ރުފިޔާ

ސަރވިސް އެލެވަންސް: 2000.00 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމް ޝަރުތުތައް:

  1. މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއަށް ލިބޭ އެންމެހާ ފައިސާ ބަލައިގަތުމާއި،ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓްތަށް ފޮނުވުން
  2. ކައުންސިލް އިދާރާގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ބެލެހެއްޓުން
  3. ޕޭމަންޓް ވައުޗަރ ހެދުމާއި، އެކަމާއި ބެހޭ ރެކޯޑްސް ބެލެހެއްޓުން
  4. ރައްޔިތުންގެ މާލިއްޔަތުގެ ހިސާބުތައް ބެލެހެއްޓުން
  5. ކޮންމެ އަހަރެއްގެ މާޗް މަހުގެ 10 ވަނަދުވަހުގެ ކުރިން ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  6. ކައުންސިލް އިދާރާއަށް ގަންނަންވާ ތަކެތި ގަތުމުގަ ބަޖެޓް ސެކްޝަނުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
  7. ކޮންމެއަހަރެއްގެ ފެބްރުއަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭ މާލީރިޕޯޓާއި، އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  8. ކައުންސިލްގެ ޚަރަދުތަކާ ލިބޭއާމްދަނީގެ އަހަރީ ރިޕޯޓް އަތޮޅުކައުންސިލަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން
  9. ކައުންސިލަށް ލިބޭފައިސާ ވީ އެންމެއަވަހަކަށް ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ   އެކައުންޓަށް ޖަމާކުރުން
  10. ތަޢުލީމީ ފަންޑްގެ އެންމެހާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން
  11. ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ސެކްޝަނަށް ލިބޭ ސިޓީ މެސެޖު ފަދަ އެއްޗަކަށްޖަވާބުދިނުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން
  12. މީގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން   
  13. އިންޞާފުވެރިކަމާއި،ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި،ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ މަތީގައިވާ މަސައްކަތްތައްކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

     (ހ) ތަޢުލީމާއި ތަމްރީން

     (ށ) މަސައްކަތުގެ ތަޖުރިބާ

     (ނ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

     (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ ކ. ހިންމަފުށި ކައުންސިލް އިދާރާ ގައެވެ.

     (ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 18 ޖޫން 2017 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00  ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާ އަށް

އުޖޫރައާއި އިނާޔަތްތައް:

  1. 1.     ސަރުކާރު މުވައްޒަފުންގެ ހެލްތް އިންސްއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖައްސަވައިދެވޭނެ، ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގާ މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ ޤަވާޢިދުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްއިދާރާއިން )
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

  1. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  2. ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި،ޙާޟިރީ އަދި މަސައްކަތުގެ އުޅުމާއި، އަޚްލާޤް ހުރިގޮތް ބަޔާންކުރާފޯމް"
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރުގެ ރަސްމީގަޑީގައި ގުޅުއްވާނީ (6642024) ނަންބަރު ފޯނާއެވެ.އީ މެއިލް ކުރައްވާނީ [email protected])) އަށެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

05 ޖޫން 2017