ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-C/1/2017/30
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 18 ޖޫން 2017 13:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އިޢުލާނު

ނަންބަރު:  IUL)196-C/1/2017/30) 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:                އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:          01 (އެކެއް)

މުސާރަ:               -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:       -/3,000 ރުފިޔާ

ރިސްކް އެލަވަންސް:        -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   ގއ. ގޮފި

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  މިއޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:  ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 18 ޖޫން 2017 ވަނަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

2-      ވަނަވަރު

3-      ދރއ. ކާޑުގެ ކޮޕީ

4-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

11 ރަމަޟާން 1438

06 ޖޫން 2017