މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ގްރޭޑް:
|
4
|
ސްޕައިން ޕޮއިންޓް:
|
18
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
|
މުސާރަ:
|
މަހަކު 5,956/80 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,552/92 ރުފިޔާ
|
އިނާޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން ލެވެލް 5/6 ގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ؛
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މުވައްޒަފުންގެ ޙާޟިރީ ރިޕޯޓާއި އިތުރު ގަޑީގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުމާއި، އަދި މީގެ އިރުރުން ޕާޓްޓައިމް ލެކްޗަރަރއިންގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުމާއި، ބެލެހެއްޓުން.
- އިތުރުގަޑީގެ ފޮތްތައް ޤަވާއިދުން ބެލެހެއްޓުން.
- ސްޓޮކަށް ހޯދަންޖެހޭ ތަވެތި ޤަވާއިދުން ހޯދާ ސްޓޮކުން ނަގަންޖެހޭ ތަކެއްޗާއި، ވައްދާތަކެތީގެ ހިސާބު ދުވަހުން ދުވަހައް ދިމާކޮށް ބެލެހެއްޓުން، އަދި ސްޓޮކުގެ ތަޅުދަނޑި ރައްކާތެރިކޮއް ބެލެހެއްޓުމާއި ސްޓޮކުން ތަކެތި ބޭނުންވާ މުވައްޒަފުންނަށް ޤަވާއިދުން ދޫކުރުން.
- މިފެކަލްޓީއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުން، ޖަލްސާ، އަދި ސްޓާފް މީޓިންގްތައް ތައްޔާރުކޮށް، އެފަދަ ކަންތައްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން.
- ފެކަލްޓީގެ ޑިއުޓީ ތާވަލާ އެއްގޮތައް އޮފީހަށް ނިކުމެ ޑިއުޓީ ބެލެހެއްޓުމާއި، އަދި ފެކަލްޓީގައި ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ސިފައިންގެއިން ތަޅުދަނޑި ގެނެސް، އޮފީސް ހުޅުވައި އަދި އޮފީސް ލައްޕައި، ތަޅުދަނޑި ގެންގޮސް ސިފައިންގޭގައި އެޅުވުން.
- ރިސެޕްޝަން ބަލަހައްޓާ މުވައްޒަފު ނުވަތަ އެހެން މުވައްޒަފަކު ސަލާމުބުނެ ނުވަތަ ޗުއްޓީއެއް ނަގައިފިނަމަ، ފެކަލްޓީއިން ހަމަޖައްސަވާ އުސޫލުގެ މަތިން އެމުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން، އަދި މީގެ އިތުރުންވެސް އޮފީހުގެ ވެރިންނާއި މުވައްޒަފުން އަންގަވާ މުވައްޒަފުންގެ މަގާމާގުޅޭ އޮފީހުގެ ކަންތައްތައް ޤަވާއިދުން ކޮށްދިނުން.
- ކެމްޕަސްތަކުގައި ކިޔަވައިދެއްވާ ލެކްޗަރަރއިންގެ ޓިކެޓްނެގުމާއި، ދަތުރު ތަކާގުޅޭ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންގެ ރެކޯޑްތައް ކޯޑިނޭޓަރުގެ ލަފާގެ މަތިން ބެލެހެއްޓުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2017 ޖޫން 13 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- ހެނދުނުގެ ބަދަލުގައި މެންދުރު ފަހުގެ (ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް) ރަސްމީ ގަޑި ކަމުގައި ހަމަޖައްސައިފިނަމަ، މިގޮތަށް އޮފީހަށް އާދެވޭނޭ ބޭފުޅަކަށް މި މަޤާމަށް ހޮވުމުގައި އިސްކަން ދެވޭނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަމްބަރު ފޯނަށެވެ.
|