ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS97/PTA/IUL/2017/02
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 11 ޖޫން 2017 00:00
މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ޓީވީ ގަތުމާ ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕީޓީއޭގެ ނަމްބަރ GS97/PTA/IUL/2017/01 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުއްވީ އެންމެ ފަރާތަކުން ކަމަށްވާތީވެ އެ އިޢުލާނު ބާޠިލްކޮށް އަލުން މި ސްކޫލަށް 9 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނު ކުރަމެވެ.

ވީމާ، ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 13:15 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖޫން 2017 ވާ ބްރާސްފަތި ދުވަހު 13:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މަކުނުދޫ ސްކޫލުގައެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ބީލަން ހުށަހަޅުއްވަން  ޙާޟިރުވެލައްވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައެޅުއްވުމަށް ހާޟިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ދުރުވުމަށް ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތެއްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.  އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރ 6520529 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

           11 ރަމަޟާން    1438

           6 ޖޫން        2017   

                                                                ސާމިރާ މުޙައްމަދު

                                                                ޕީޓީއޭ ގެ ރައީސާ

06 ޖޫން 2017