ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 198A/2017/17 |
||
ތާރީޚް: 05 ޖޫން 2017 |
|||
މަޤާމު |
ކޯޓް އެޑްމިނިސްޓްރޭޓަރ |
ރޭންކް: އީ.އެކްސް 1 |
|
ޢަދަދު |
1 |
||
މަސައްކަތްކުރަންޖެހޭ ތަން |
ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު |
||
އަސާސީ މުސާރަ |
-/8,835 ރުފިޔާ |
||
އެލަވަންސް |
- ސަރވިސް އެލަވަންސް -/2000 (ދެހާސް ރުފިޔާ) - ލިވިންގ އެލަވަންސް: -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން. ނުވަތަ 2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8، 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ 3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6، 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު،މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 4- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 5- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، 4MS ރޭންކުގައި، މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 6- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، MS3 ރޭންކުގައި، މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ 7- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، MS2 ރޭންކުގައި، މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ 8- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، EX1 ރޭންކުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން. |
||
މަޤާމުގެ މައިގަނޑު މަސައްކަތްތައް |
1- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އިދާރީ މަސައްކަތްތައް އިންތިޒާމުކޮށް، މެޖިސްޓްރޭޓުންނާ ގުޅިގެން ކޯޓުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ހަރުދަނާކަމާއެކު ދެވޭނެ އިންތިޒާމްތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން ހަމަޖެއްސުމާއި އެޚިދުމަތްތައް ރާވައި ހިންގައި ބެލެހެއްޓުން. 2- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އެންމެހާ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް އިންތިޒާމުކުރުން. 3- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންގެ އެންމެހާ ކަންތައްތައް، ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން. 4- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އިންވެންޓްރީއާއި ސްޓޮކާއި ފައިސާއާ ބެހޭ އެންމެހާ ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ހިންގައި ބެލެއްޓުން. 5- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމުތައް ފުރިހަމަކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން. 6- ޖުޑީޝަލް ދާއިރާގެ ކޯޓުތައް މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމަންޓުގެ ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުމާއި، ކޯޓުތަކުގައި ހިނގަމުންދާ މަރާމާތުތައް ހިނގާނުހިނގާ ގޮތް ސުޕަވައިޒުކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުން. 7- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުވައްޒަފުންނަށް ކަނޑައެޅިފައިވާ ތާރީޚުގައި މުސާރަ ދެވޭނެގޮތް އިންތިޒާމު ކުރުމާއި ކޯޓުތަކުގެ ފަރާތުން އެކިތަންތަނަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން. 8- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ފާހަގަކޮށް މުވައްޒަފުންނަކީ މަސައްކަތަށް އަހުލުވެރި ބަޔަކަށް ހަދައި ޑިޕާޓްމަންޓުން ރާވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން. 9- ކޯޓުތަކުގެ އިންފޮރމޭޝަން ޓެކްނޮލެޖީ އިންފްރާސްޓްރަކްޗަރ ސުޕަވައިޒު ކުރުމާއި މިކަމަށް ބޭނުންވާ ލަފާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދިނުމާއި މޯލްޑްވްސް އީ-ކޯޓް މޭނޭޖްމަންޓް ސިސްޓަމްގެ ބޭނުންކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އެ މަސައްކަތްތައް ރާވައި ހިންގުމާއި، ޖުޑީޝަލް ދާއިރާގައި މި ނިޒާމު ހެޔޮގޮތުގައި ބޭނުންކުރެވޭކަން ކަށަވަރުކުރުން |
||
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
||
ސުންގަޑި |
2017 ޖޫން 20 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު |
|
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
|
||
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|