ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 5 ވަނަ މާއްދާގައި، އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ
ކްލަބް ނުވަތަ ޓީމު ނުވަތަ ޖަމްޢިއްޔާއެއް ޤާއިމްކޮށް ހިންގޭނީ އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ކަމަށް ބަޔާންކޮށްފައި ވީ ހިނދު،
މި މިނިސްޓްރީގެ ނަންބަރު: 141-SD/141/2017/16 (5 އެޕްރީލް 2017) އިޢުލާނުން ވާނީ، 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު'
ގައިވާ ގޮތުގެ މަތީން، ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމަށްޓަކައި، 8 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ
އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ހުށައެޅުއްވުމަށް ދެންނެވިފައެވެ.
އެހެންނަމަވެސް، ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން، 20 ޖުލައި 2017 ވަނަ
ދުވަހުގެ ނިޔަލަށް، ރަޖިސްޓްރީވުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ. އަދި މިތާރީޚްގެ ފަހުން، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެގެން މެނުވީ،
އެއްވެސް ވާދަވެރި ކުޅިވަރު މުބާރާތެއް އިންތިޒާމްކޮށް ހިންގުމާއި އަދި ވާދަކުރުމުގެ ފުރުޞަތުވެސް ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ވީމާ، މި ޤަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް ހުށައަޅުއްވާފައި ނުވާ ކުޅިވަރު ކުލަބް ޖަމްޢިއްޔާތަކުން، މި ގަވާއިދުގެ ދަށުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި
ރަޖިސްޓަރީކުރުމަށްޓަކައި، 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް ހުށައެޅުއްވުމަށް
ދަންނަވަމެވެ. 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު' އާއި ހުށައަޅަންޖެހޭ ފޯމް މި މިނިސްޓްރީގެ ވެބްސައިޓު (www.youth.gov.mv) އިން
ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
10 ރަމަޟާން 8143