ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2017/230
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 12 ޖޫން 2017 14:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނަންބަރު:FNK/A/IUL/2017/230

ވަޒީފާގެ ފުރުޞަތު

ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

(3) ތިނެއް

ބޭނުންވާ އަދަދު:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ސޭލްސް އެންޑް ބިލިންގ ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

4650ރ ( ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ )

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޑިޕާރޓްމަންޓްގެ ޔައުމިއްޔާތައް ދުވަހުން ދުވަހަށް ލިޔެ ނިންމުން.

(ށ) ޑިޕާރޓްމަންޓަށް އަންނަ ސިޓީ މެސެޖް އަދި މެމޯތަކަށް ދުވަހުން ދުވަހަށް ޖަވާބު ތައްޔާރުކުރުން.

(ނ) ޑިޕާރޓްމަންޓުން ފޮނުވަންޖެހޭ ސިޓީ މެސެޖް އަދި މެމޯތަކަށް ދުވަހުން ދުވަހަށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.

(ރ) ޑިޕާރޓްމަންޓްގެ މުވައްޒަފުންގެ ހާޞިރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

(ބ) ފޮނުވާ އަދި ސިޓީ މެސެޖް އަދި މެމޯތައް ފައިލްކޮށް ބެލެހެއްޓުން.

(ޅ) ބްރާންޗް ތަކުން ގެންނަންޖެހޭ ރިޕޯޓްތަކާއި ބިލްތައް ގެނައުމާއި ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.

(ކ) ކުންފުނީގެ އިޔާދަކުރެނިވި ހަކަތަ ބޭނުންކުރާ ފަރާތްތަކަށް ހަދަންޖެހޭ ބިލްތައް ހަދާ ފޮނުވުން.

(އ) އިޔާދަ ކުރެނިވި  ހަކަތަ ބޭނުންކުރާ ފަރާތްތަކުން ޚިދުމަތަށް އެދި ހުށައަޅާ  ފޯމްތައް ބަލައިގަނެ އެފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

(ވ) އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.

(މ) އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓް ބިލަށް ގެންނަންޖެހޭ ބަދަލްތައް ގެނެވޭތޯ މޮކިޓާ ކުރުން.

(ފ) އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރާ ފަރާތްތަކުގެ ސޭލްސް ޔޫސޭޖް ކޮންޒިއުމަރ ރިޕޯޓްތައް ބެލެހެއްޓުމާއި އެރިޕޯޓްތައް ބޭނުންވާ ފަރާތްތަކަށް ފޮނުވުން.

މަސްޢޫލިއްޔަތު ތައް:

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 15:00 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖޫން 2017 ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

10 ރަމަޟާން 1438

05 ޖޫން   2017

05 ޖޫން 2017