މަސައްކަތް
ނަންބަރު: (IUL) 13-K/13/2017/104
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 06 ޖުލައި 2017 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށް ދޭނެ ފަރާތެއް ޕްރީކޮލިފައިކުރުމާއި ބެހޭ

         ޕްރީކުއަލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު              

15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށް ދޭނެ ފަރާތެއް ޕްރީކޮލިފައިކުރުމާއި ބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން، ހއ.އުތީމު، ނ.ލަންދޫ، ރ.މާކުރަތު، ރ.ރަސްމާދޫ ، ކ.ކާށިދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، ފ. ފީއަލި، ލ.މާވަށު، ފ. ބިލެއްދޫ، ރ. އިންނަމާދޫ،   ށ. ފީވަކު، ގއ. ގެމަނަފުށި، ގދ. މަޑަވެލީ  އަދި ހއ. ބާރަށް، މި 15 ރަށުގެ ނަރުދަމާ މަޝްރޫއަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K/13/2017/77 އިއުލާނަށް ކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މިމަޝްރޫޢުގެ ތިރީގައިވާ މަސައްކަތަށް މެނުފެކްޗަރުން ހޮވުމުގެ ގޮތުން ޕްރީކޮލިފައިކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  • 15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށްދިނުން.

ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 6 ޖޫން 2017 އިން 6 ޖުލައި 2017 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 (ރަމަޟާން މަހު 10:30 އިން 13:00)  އަށް މިމިނިސްޓްރީ އިންނެވެ. ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2017ޖޫން 18 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ،

ފޯނު ނަންބަރ: (960)3349106, (960)3349125

ފެކްސް: (960)3324432

މާލެ،  ދިވެހިރާއްޖެ.

އީ-މެއިލް އެޑްރެސް: [email protected] 

        [email protected]                  

 

ޕްރިކޮލިފިކޭޝަން ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2017ޖުލައި 10 ވާ ހޯމަ ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

05 ޖޫން 2017