ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2017/28
އިޢުލާން
ގައު އުކާލުމުގެ ޢުޞޫލަށް ބަދަލުގެނައުމާއި ގުޅޭ:
ގައު އުކާލުމުގެ ޢުޞޫލަށް ބަދަލުގެނައުމަށްޓަކައި މިކައުންސިލުން މިގެންދަނީ މަސައްކަތްކުރަމުންނެވެ.
ވީމާ، މިއަދުން ފެށިގެން އއ.ފެރިދޫ ބަނދަރު ސަރަހައްދަށް އުކާލެވޭ ގައު، މިކައުންސިލުން ދައްކާ ސަރަހައްދަކަށް އަދި ކައުންސިލުން އަންގާ ޢުޞޫލަކުން އެޅުމަށް އިލްތިމާސްކުރަމެވެ. ވަކި ހާލަތްތަކެއްގައި ގަލަކީ ކުނީގެގޮތުގައި ބެލެވޭ އެއްޗެއްކަމުން، ކުނި އުކާލުމަށް ހެދިފައިވާ ޤަވާޢިދަށް އަމަލުކުރުމަށް ސަމާލުވެލެއްވުމަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.
10 ރަމަޟާން 1438