ދިވެހިރާއްޖެ
` |
މާއުނގޫދޫ ސްކޫލް |
ށ. މާއުނގޫދޫ |
ނަމްބަރު: |
GS106/2017/IU/0023 |
އިޢުލާން
|
||||
މި ސްކޫލްގައި ނެޓްވޯކް އަޅައިދިނުމާއިބެހޭ އަމިއްލަ ތަކެތީގައި މި ސުކޫލުގެ އޮފީސް ، ސްޓާފް ރޫމް ، ލައިބްރަރީ ، ސައިންސް ލެބް އަދި ހުރިހާ ކުލާސްރޫމްތަކެއްގައި ނެޓްވޯކް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީހުގެ ކަނޑައެޅިފައިވާ ގަޑިއަށް މި ސުކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެންގޭނެފަދަ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާނަމަ އަންދާސީ ހިސާބު ހުށަނޭޅޭނެވާހާކަ ދެންނެވީވެމެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މިސްކޫލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީ ހިސާބުތައް އިވެލިއޭޓްކޮށް ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން ، އެފަރާތުން ލިބޭ މަޝްވަރާގެ މަތީންނެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުން ވިޔަފާރި ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
6 ރަމަޟާން 1438 1 ޖޫން 2017
|