ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2017/29
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 15 ޖޫން 2017 01:30
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މަގާމު:                އޮފީސް އެސިސްޓެންޓް

 

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 04:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

މަހަކު -/5,700 ރުފިޔާ

ފެންވަރު/ޝަރުތު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް / ހާސިލްކޮށްފައިވުން، ނުވަތަ
  3. ލިޔަން ކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާޟިލްކޮށްފައިވުން

 

މައިގަނޑު މަސައްކަތްތައް:

 

 

  1. އޮފީހުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުމާއި ސާފްކޮށް ބެލެހެއްޓުން.

 

 

  1.  އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް އޮފީހުން ބޭރުގަ ކުރަންޖެހޭ ކަންތައްތައް ކުރުން.

 

  1. އޮފީހުން ބޭރުން ކުރަންޖެހޭ ރަސްމީކަންތައްތައް މުވައްޒަފުންނާއި ގުޅިގެން ކުރުން.
  2. ސިޓީފަދަ ތަކެތި ތަންތަނަށް ޙަވާލުކުރަން ދިޔުން.
  3. އެން.ސީ.އައި.ޓީގެ އިމާރާތާއި އޮފީހުގެ ތަކެތި ބެލެހެއްޓުމާއި އެތަކެއްޗަށް ލިބޭ ގެއްލުންތައް ބަލައި، އެން.ސީ.އައި.ޓީގެ ތަކެތި ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި އަމިއްލައަށް ހައްލު ނުކުރެވޭނެ މައްސަލަތައް މެއިންޓެނެންސް ޔުނިޓް އާއި ގުޅިގެން ހައްލުކުރުން.

 

 

  1. މެއިންޓެންސް އާއި ގުޅިގެން މުވައްޒަފުންގެ ފަރާތުން ލިބޭ ޝަކުވާތައް ދުވަހުން ދުވަހަށް ހައްލުކުރުމަށް މަސައްކަތް ކުރުން. 

 

  1. މަތީގައިވާ މަސައްކަތުގެ އިތުރުންވެސް މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން އެމުވައްޒަފަކަށް މަސައްކަތެއް ޙަވާލުކޮށްފި ޙާލަތެއްގައި އެމަސައްކަތެއް ޙަވާލުކުރުވި މުއްދަތެއްގައި ކުރުން.

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

 

ހުށަހަޅަންޖެހޭ ތާރީޙް:  މިމަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 15 ޖޫން 2017  ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް ([email protected])   ފޮނުއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected]  އެޑްރެހަށެވެ.

 

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:  (960) 334 4000 ،ފެކްސް ނަންބަރު: (960) 334 4004

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

04 ޖޫން 2017