ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ޙަވާލުކުރައްވާފައިވާ ސ.މަރަދޫ، ސ.މަރަދޫފޭދޫ އަދި ސ.ފޭދުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން އަގަކާއިނުލާ ނަރުދަމާގެ ޚިދުމަތް ގުޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޚިދުމަތް ގުޅައިދެވޭނީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ އިން ޢާއްމުކޮށްފައިވާ "ފެނާއި ނަރުދަމާގެ ނިޒާމުތައް ޤާއިމްކުރުމަށް ހިންގޭ އަދި ހިންގަމުންދާ މަޝްރޫޢުތަކުގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރާ އުޞޫލު"ގެ ދަށުން ތިރީގައިވާ ގިންތިތަކުގައި ހިމެނޭ ތަންތަނަށެވެ.
(ހ) އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނާއި އާންމު ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން.
(ށ) އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ކުރެވިފައިވީނަމަވެސް ބައިކުރުމަށްފަހު ވަކިން ދިރިއުޅޭ ގޭބިސީތަކެއް ކަމުގައި އެރަށެއްގެ ކަމާއިބެހޭ ފަރާތުން ރަސްމީކޮށް ކަނޑައަޅާފައިވާ ތަންތަން.
(ނ) އާއްމު ވިޔަފާރިތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން
(ރ) އެތަނެއްގެ ނަމުގައި ވަކިން ކަރަންޓު މީޓަރެއް ރަޖިސްޓްރީ ކޮށްފައިވާތަންތަން
(ބ) ގޯތީގައި އިމާރާތެއްކޮށް، އެއިމާރާތުގެ ފާރުތައް ރާނާ ހިޔާކުރެވިފައިވާތަންތަން.
(ޅ) ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި މިސްކިތްތަކާއި ސިއްޚީ ޚިދުމަތްދޭ ތަންތަނާއި އިޖުތިމާޢީ ބޭނުންތަކަށް ބޭނުންކުރާ ތަންތަން.
ވީމާ، މިމަޝްރޫޢުގެ ދަށުން ނަރުދަމާގެ ޚިދުމަތް ގުޅުމަށް އެދިލައްވާ ފަރާތްތަކުން "ނަރުދަމާގެ ޚިދުމަތަށް އެދޭފޯމް CPMD F(101)" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.
ފޯމް ލިބިލައްވާނީ: |
އެމް.ޓީ.ސީ.ސީ. ޕްރޮޖެކްޓް އޮފީސް (ސ.ފޭދޫ) |
ފޯމް ހުށަހެޅުއްވަންޖެހޭ ތަން: |
އެމް.ޓީ.ސީ.ސީ. ޕްރޮޖެކްޓް އޮފީސް (ސ.ފޭދޫ) |
ފޯމް ހުށަހެޅުއްވަންޖެހޭ ސުންގަޑި: |
4 ޖުލައި 2017 ވާއަންގާރަ ދުވަހުގެ 14:00ގެ ކުރިން |