ވަޒީފާގެ ފުރުޞަތު
ނަންބަރު: GS05-A/HR/2017/06
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 11 ޖޫން 2017 00:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

c

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ހުވަދު އަތޮޅު އުތުރުބުރި،ވިލިނގިލީ

ދިވެހިރާއްޖެ   

 

GA. ATOLL EDUCATION CENTRE

North Huvadhu Atoll,Vilingili

Republic of Maldives

 

 

                          

                         

 

            ނަމްބަރ:  06/HR/2017/GS05-A

އިޢުލާން

    ވަޒީފާގެ ފުރުޞަތު

     މަސައްކަތު

    ބޭނުންވާ އަދަދު: 2 

 މަޤާމް:

  މަސައްކަތު

 ބޭނުންވާ އަދަދު:

 2 (ދޭން )

މަޤާމް ނަންބަރު:

J-113948 / J-113950 

 މަޤާމުގެ ރޭންކް:

 އެސް.އެސް 1

 މަޤާމުގެ ކުލެސިފިކޭޝަން:

 ސްޕޯޓް ސްޓާފު 1

 މަޤާމުގެ ގިންތި:

 ދާއިމީ

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ގއ. އަތޮޅު ތައުލީމީ މަރުކަޒު

 ސެކްޝަން

 އިދާރީ ( އެޑްމިން )

 މުސާރަ:

 މަހަކު -/3100 ރުފިޔާ

 ސަރވިސް އެލަވަންސް:

 މަހަކު -/1000 ރުފިޔާ

 އިތުރު އިނާޔަތްތައް:

 1.އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. ޙަވާލު ކުރެވިފައިވާ މަސައްކަތައް ދުވަހުން ދުވަހަށް ނިންމުން.
  2. މި މަރުކަޒަކީ ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަސައްކަތް ކުރަމުންދާ ތަނަކަށް ވުމާއި އެކު މަރުކަޒުގެ ތެރޭގައި އުޅޭ އުޅޭމުގައި އެހެން މީހުންނާއި ރީތިބަހުން މުޢާމަލާތްކުރުން.
  3. ކޮންމެ ދުވަހަކުވެސް ކިޔެވުން ފެއްޓުމުގެ ކުރިން މަރުކަޒުގެ ކުލާސް ރޫމްތަކުގެ  އެތެރެއާއި ، ބޭރު ފޮޅާ ސާފު ކުރުމަށް ފަހު ޙަވާލު ކުރެވިފައިވާ ކުލާސްރޫމްތައް  ބަރާބަރަށް ކުނިކަހާ ފޮޅާ ސާފުކުރުން.
  4. މަރުކަޒުގެ ގޯތިތެރެއިން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދު ދުވަހުން ދުވަހަށް ބަރާބަރަށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  5. ސްކޫލުގެ ތެރޭގައި ހުންނަ ގަސްތަކާއި ބަގީޗާތައް ބެހެލެއްޓުން
  6. މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން އޮފީހުގެ ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން. 

 މަޤާމުގެ ޝަރުޠު:

-          ލިޔަން ކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް  ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ،ފެންވަރައި ، ޤާބިލްކަމާއި،ސިފަތައް

 

 

 

 އިންޓަވިއުކުރުން:

  • މިމަޤާމަށް  މީހުން ނެގުމަށް  ހަމަޖެހިފައިވަނީ  އިންޓަވިޔު ކުރުމަށް  ފަހުގައެވެ.  އިންޓަވިޔު އޮންނާނީ،2017 ޖޫން 14 އާއި 2017  ޖޫން 15 ވަނަ ދުވަހާއި ދެމެދުގެ ތާރީޚެއްގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީމާކްސް ލިބޭ، އަދި އެންމެޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

 

 ޝަރުޠު ހަމަވާ ފަރާތަކުން  ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު، މިސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 މަޤާމަށް އެދެންވީ ގޮތާއި  ސުންގަޑި:

 މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2017 ޖޫން 11 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 12.00 ގެ ކުރިން، ބަޔާންކުރެވިފައިވާ  ތަކެއްޗާއެކު، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

 ނޯޓް:

 މި ޢިއުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ    މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

 މިއިޢުލާނާ ގުޅިގެންއިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާފަރާތްތަކުން، މިސްކޫލްގެ 6820029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.   މެއިލްކުރައްވަނީ [email protected] މެއިލްއަށެވެ.

                       06 ރަމްޟާން  1438 ހ

                       01 ޖޫން     2017 މ           

 

                                                            މުޙައްމަދު ސަޢީދު

                                                             ހެޑް އޮފް ސްކޫލް   

                                                              ސްކޫލް ހިންގުމާއި ޙަވާލުވެ ހުންނެވި

01 ޖޫން 2017