ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)457-AIT/1/2017/4
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 08 ޖޫން 2017 11:30
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

 

 

ތަކެތި ގަންނަން ބޭނުންވެއްޖެ

 

މި ބިއުރޯގެ މަސައްކަތަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

  • އެޗް.އައި.ޑީ (HID) ޑޯރ އެކްސެސް ކޮންޓްރޯލް
  • އެޗް.އައި.ޑީ (HID) ކާޑް
  • އެޗް.އައި.ޑީ (HID) ކާޑް ޕްރިންޓަރ

 

ވީމާ، މިތަކެތި ވިއްކެވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖޫން 8 ވާ ބުރާސްފަތި ދުވަހުގެ 11:30  އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާންގެ އިމާރާތުގެ 9ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖޫން 12 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ބިއުރޯއަށް ވަޑައިގެން އަގުހުށައެޅުންވުން އެދެމެވެ.

 

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

 

މިކަމާއިގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު.  3008400 ފޯނާއި ގުޅުއްވުން އެދެމެވެ.

01 ޖޫން 2017