ދިވެހިރާއްޖެ
(IUL)101-FT/1/2017/126 :ނަންބަރު
އިޢުލާން
އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގުގައި ނުވިއްކުމަށް ހަނދާންކޮށްދިނުން
އަގު ކޮންޓްރޯލް ކޮށްފައިވާ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު، އަދި ގޮދަން ފުށް، މާލެއާއި އަތޮޅުތަކުގެ ބައެއް ފިހާރަތަކުން ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގުގައި ވިއްކަމުންދާ ކަމުގެ ޝަކުވާ މިމިނިސްޓްރީއަށް ދަނީ ލިބެމުންނެވެ. ޤާނޫނު ނަންބަރު: 96/1 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ނ) ދަށުން އަގު ކޮންޓްރޯލް ކުރެވޭ އެއްވެސް މުދަލެއް ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގަކަށް ވިއްކުމަކީ މަނާ ކަމެކެވެ.
މިމިނިސްޓްރީގެ ނަންބަރު: (IUL)101-FT/1/2017/89 (17 މެއި 2017) އިޢުލާނުގައި ރާއްޖޭގެ އަތޮޅުތަކުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ ބޮޑުއަގު ކަނޑައަޅައި ބަޔާންކޮށްފައިވާނެއެވެ.
ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު
ޒޯން ގައި ހިމެނޭ އަތޮޅުތައް |
އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު |
ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު |
އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު |
ޒޯން 1: ހއ، ހދ، ށ |
7.78 ރުފިޔާ |
7.82 ރުފިޔާ |
6.28 ރުފިޔާ |
ޒޯން 2: ނ،ރ،ބ،ޅ،ކ،އއ،އދ،ވ،މ،ފ،ދ،ތ، |
7.58 ރުފިޔާ |
7.62 ރުފިޔާ |
6.08 ރުފިޔާ |
ޒޯން 3: ލ، ގއ، ގދ، ޏ، ސ |
7.97 ރުފިޔާ |
8.01 ރުފިޔާ |
6.47 ރުފިޔާ |
ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގުގައި ވިއްކާ ފަރާތްތަކާމެދު މިމިނިސްޓްރީން މިއަންނަނީ ފިޔަވަޅު އަޅަމުންނެވެ. ވީމާ، ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގުގައި ނުވިއްކުމަށް މިމިނިސްޓްރީން އިލްތިމާސް ކުރަމެވެ.
މަތީގައި ބަޔާންކޮށްފައިވާ ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ވިއްކާ ނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިމިނިސްޓްރީއަށް އަންގަމުން ގެންދިއުމަށް ދަންނަވަމެވެ.
06 ރަމަޟާން 1438
01 ޖޫން 2017