ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫއަށް މޮނީޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ އެއް ހޯދުމާބެހޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މޮނީޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) މޮނިޓަރިންގ، އިވެލުއޭޝަން އަދި ރިޕޯޓިންގ މަސައްކަތްތައް މެނޭޖްކުރާނެ ފުލްޓައިމް މޮނީޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ ހޯދުމަށް ބޭނުންވެއެވެ.
މިގޮތުން މި މަޝްރޫޢުގެ މޮނީޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) އެކިއެކި ހަރަކާތްތައް ކަނޑައެޅިފައިވާ ވަގުތާއި ފެންވަރު ބެލޭވަރުގެ އިވެލުއޭޝަން އަދި މޮނިޓަރިންގ ފްރޭމްވާރކްއެއް ތައްޔާރުކޮށް ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން މޮނިޓަރކޮށް، ޕްރޮޖެކްޓް ޓީމާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ހިންގައި، އިވެލުއޭޓްކޮށް، މޮނިޓަރކުރުމާއި ރިޕޯޓްތައް ތައްޔާރުކުރުން އަދި އެކުލަވާލެވޭ ފްރޭމްވާރކްއާއި އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ.
މޮނީޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
ހ) އިންޓަރނޭޝަނަލް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަސައްކަތާއި ގުޅޭދާއިރާއިން ޑިގްރީ ހާޞިލްކޮށްފައިވުން ނުވަތަ ޑިވެލޮޕްމަންޓް ސެކްޓަރގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޮގްރާމް ތައްޔާރުކުރުމާއި ހިންގުމުގެ މަސައްކަތުގައި އެކަށީގެންވާ ތަޖުރިބާ ލިބިފައިވުން.
ށ) ޑިވެލޮޕްމަންޓް ސެކްޓަރގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޮގްރާމް ތައްޔާރުކުރުމާއި ހިންގުމުގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ އިތުރުން ސައުތް އޭޝިއާ ސަރަޙައްދުގެ ޑިވެލޮޕްމަންޓް ސެކްޓަރގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޮގްރާމް ތައްޔާރުކުރުމާއި ހިންގުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ނ) ބައިނަލްއަޤްވާމީ އެހީދޭ ޖަމިއްޔާގެ ޕްރޮޖެކްޓްތައް ބޭނުންވާ މިންވަރަށާއި ދެމެހެއްޓެނިވިކަން ވަޒަންކުރެވޭނެގޮތް ބެލޭނެފަދަ އަދި ޕްރޮޖެކްޓްތަކުން ނިކުންނަ ނަތީޖާ ބެލުމަށްޓަކާ މަދުވެގެން 3 މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޭމްވާރކް ޑިޒައިންކޮށް މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ރ) ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތު، ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އެނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް ނަގައިގަތުމުގެ ހުނަރާއި ގާބިލިއްޔަތުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ބ) އިނގިރޭސި ބަހާއި ދިވެހި ބަހުން މުވާޞަލާތްކުރުމުގެ ހުނަރުލިބިފައިވުން
ޅ) މައިކްރޯސޮފްޓް އޮފީސް ބޭނުންކުރުމަށް އަހުލުވެރިވެފައި ފަރާތަކަށް ވުމާއިއެކު މަޝްރޫޢު ހިންގުމުގައި ބޭނުންކުރާ އެހެނިހެން ސޮޕްޓެވެއަރ ތައް ބޭނުންކުރަން އެނގޭ ފަރާތަކަށް ވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
އުޖޫރަ
- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 30,000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 2017ޖޫން 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018386
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018386 , 3018384 އަށް ގުޅުއްވުން އެދެމެވެ.
1 ޖޫން 2017