ދިވެހިރާއްޖެ
55/IUL)202-L/1/2017
އިޢުލާން
ރާއްޖޭގައި މިހާރު ބޭނުންކުރަން ފަށާފައިވާ ޓްރައިސައިކަލު (ރަށުޕިކަޕް) އަކީ މިހާތަނަށް C1 ކެޓެގަރީގައި ރަޖިސްޓަރީ ކުރަމުން ގެންދިޔަ އުޅަނދެކެވެ. ނަމަވެސް މިއުޅަނދަކީ C1ކެޓެގަރީގެ ޕިކަޕްފަދަ އުޅަނދަކަށް ނުވުމާއިއެކު އެ އުޅަނދުގެ ގިންތިއަށް C3,C4 ވާނީ އިތުރު ކުރެވިފައެވެ.
ވީމާ، މިހާތަނަށް C1 ކެޓެގަރީގައި ރަޖިސްޓަރީ ކޮށްފައިވާ ޓްރައިސައިކަލު (ރަށުޕިކަޕް) ގެ ކެޓެގަރީ 2017 ސެޕްޓެމްބަރ 30ގެ ނިޔަލަށް ބަދަލު ކުރެއްވުން އެދެމެވެ. މިގޮތުން މިހާރު C1 ކެޓެގަރީގައި ރަޖިސްޓަރީކޮށްފައިވާ ޓްރައިސައިކަލު އަލަށް ބަދަލު ކުރި ގިންތިއަށް ބަދަލު ކުރުމަށް އެއްވެސްފީއެއް ނުނަގާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
6 ރަމަޟާން 1438
1 ޖޫން 2017
- ދިވެހި ސަރުކާރުގެ ގެޒެޓް