ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2017/145
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2017
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 08 ޖޫން 2017 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރެއް ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:    ލޭބަރަރ ގރ. 1

ބޭނުންވާ އަދަދު:      01 (އެކެއް)

އަސާސީ މުސާރަ:     މަހަކު -/3240 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:       އެސްޓީއޯ 123 ނަމްބަރު ފިހާރާ / ސ.ފޭދޫ

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް މުދާޑެލިވަރ ކުރުމުގައި އެހީތެރިވުން
  • ފިހާރައަށް ގެނެވޭ މުދާ ލޯޑް ކުރުމާއި އަންލޯޑް ކުރުމުގައި އެހީތެރިވުން
  • ވޮޗަރަކުނެތް ވަގުތުތަކުގައި ވޮޗަރެއްގެ ޑިއުޓީ އަދާކުރުން
  • ފިހާރައާއި، ގުދަނުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުން
  • ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުމާއި ފިހާރާގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން

ފެންވަރު ނުވަތަ ޝަރުތު

  •  ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި ބަހުންނާއި ދިވެހި ބަސް ލިޔަން ކިޔަން އެނގުން.
  •  ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން

އެހެނިހެން ހުނަރު

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖޫން 8 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ލިބެން ހުންނާނެއެވެ.

ނޯޓް

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344272 / އީމެއިލް އެޑްރެސް:[email protected]

31 މޭ 2017

 

31 މޭ 2017