ޢާންމު މަޢުލޫމާތު
ނަންބަރު: 113-PRC/I-2017/29
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 08 ޖޫން 2017 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ޕޯޓްކޮމްޕްލެކްސް އިމާރާތުގައި ހަރުކުރެވިފައިވާ 2 މިޓްސުބިޝީ އެލަވޭޓަރ އާއި ޕޯޓް ބިލްޑިންގ ގައި ހަރުކުރެވިފައިވާ 1 މިޓްސުބިޝީ އެލަވޭޓަރ ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ.

        މި ކުންފުނީގެ ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހަރުކުރެވިފައިވާ 2 މިޓްސުބިޝީ އެލަވޭޓަރ އާއި ޕޯޓް ބިލްޑިންގ ގައި ހަރުކުރެވިފައިވާ 1 މިޓްސުބިޝީ އެލަވޭޓަރ ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެ، ކުރެވުނު ނަންބަރު PRC/I-2017/22 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.   

        ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޙަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 މައުލޫމާތު ސާފު ކުރެއްވުން

 އަންދާސީ ހިސާބް ހުށަހެޅުއްވުން 

 05 ޖޫން 2017 ވާ ހޯމަ ދުވަހުގެ 14:00

 08 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 14:00

          މައުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގެންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

31 މޭ 2017