ދިވެހިރާއްޖެ
މި އިޢުލާންވަނީ 31 މޭ 2017 11:57 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: IUL)30-G/30/2017/76)
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ.އިސްދޫގައި ހުއިފިލަނޑާބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 31 މެއި 2017 އިން 7 ޖޫން 2017 އަށް ހުޅުވާލަމެވެ.
މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާއި ބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv އިންނާއި ލޯނު އަމާޒުކުރެވޭ ލ.އިސްދޫގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލަނާއި ގުޅިގެން މިކަމަށް ހުޅުވާލައި، ކުރިންކޮށްފައިވާ އިއުލާން IUL)30-G/30/2017/68) ބާތިލްކޮށްފައިވާ ވާހަކަ ދަންނަވަމެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ.އިސްދޫގައި ކުރާއިރު، ލ.އިސްދޫއިން ޖުމްލަ 50 ފަރާތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ފުރަތަމަ އަދި ދެވަނައަށް ހުޅުވާލެވުނު ފުރުސަތުން އިވެލުއޭޝަނަށްފަހު މިހާރުވަނީ ގިނަބައިވެރިންތަކެއް އިސްދޫއިން މި މަސައްކަތް ކުރުމަށް ހޮވިފައެވެ. މިގޮތުން ތިންވަނަ ބުރުގެ މި އިޢުލާން މި ކުރެވެނީ ލ.އިސްދޫއަށް ހުޅުވާލެވިފައިވާ 50 ފުރުސަތުން އަދި އިތުރުޖާގަ ހުރުމުންނެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށިއެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑައެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.
ލޯނަށް އެދި ފޯމު ހުށަހަޅާނީ ލ. އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 7 ޖޫން 2017 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިންނެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުތު ހަމަވާ ފޯމްތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.
ލޯނު ދޫކުރުމުގެ މަރުހަލާގައި ލ.އިސްދޫއިން އިތުރު ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާ ފަރާތްތައް ތިރީގައި ބަޔާންކުރާ މިންގަނޑުތަކުން ވަޒަންކުރުމަށް ފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މިމަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ. މި ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާތިލުކުރެވޭނެއެވެ.
- ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މިވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއްކަމުގައިވުން
- ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން
- ލ.އިސްދޫގައި ދިރިއުޅޭ ރައްޔިތެއްކަމުގައި ވުން
މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.
|
5 |
|
40 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯނެއް ނަގާފައި ނުވާ ފަރާތްތަކަށާއި، ނަގާފައިވާ ލޯނު ގަވާއިދުން އަދާކުރަމުންދާ ފަރާތްތަކަށް |
40 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި އެއްފަހަރު ލަސްވެފައިވާ ފަރާތްތަކަށް |
30 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ދެފަހަރު ލަސްވެފައިވާ ފަރާތްތަކަށް |
20 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ތިންފަހަރަށްވުރެ ގިނައިން ލަސްވެފައިވާ ފަރާތްތަކަށް |
15 |
އަދި ލޯނަށް އެއްވެސްވަރަކަށް ފައިސާ ނުދައްކާ ފަރާތެއްވާނަމަ. |
0 |
|
30 |
އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް |
30 |
އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ ފައިސާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް |
20 |
|
25 |
ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
25 |
ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
10 |
ތިން އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
0 |
- ޕޮއިންޓުގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ މާލީ ހާލަތަށް ބަލައި އާމްދަނީ ދަށް ފަރާތްތަކަށް އިސްކަން ދީގެންނެވެ.
- މި ޕްރޮޖެކްޓް ގެ މަގްޞަދުގައި ގިނަގޭބިސީއަށް ފުރުސަތު ދިނުން ހިމެނިފައިވާތީ، ފުރަތަމަ އަދި ދެވަނަ ބުރުގައި ހޮވިފައިނުވާ ގޭބިސީތަކަށް ތިންވަނަ ބުރުގައި އިސްކަންދެވޭނެއެވެ.
- ފުރަތަމަ އަދި ދެވަނަ ބުރުގައި ހޮވިފައިވާ ގޭބިސީއަކުން ތިންވަނަ ބުރަށްވެސް ކުރިމަތި ލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ ފަރާތްތަކަށް އިސްކަންދެވޭނީ އަލަށް އެދިފައިވާ ގޭބިސީތަކަށް އިސްކަންދީފައެވެ.
މިލޯނާއި ބެހޭގޮތުން އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހުގައި 14:00 ގެ ކުރިން 3341836 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.