ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގެ ނަންބަރު 144-A3/2017/226 (17 މެއި 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
- ކުރަންޖެހޭ މަސައްކަތް
ޖަސްޓިސް ބިލްޑިންގ ތިންވަނަ ފްލޯގައި ހުރި ލަކުޑި ބިއްތަކެއް ނައްޓާ މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެލްމީނިއަމް ފްރޭމްގައި ބިއްލޫރި ލައްވާ ބިއްތަކެއް ޖެހުމާއި އެއަރކޯނެއް ނައްޓާ އާ އެއަރކޯނެއް ހަރުކުރުން.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 04 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ސިވިލްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 08 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ސިވިލްކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.
03 ރަމަޟާން 1438
29 މެއި 2017