ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2017/139
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 04 ޖޫން 2017 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރެއް ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު           

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރަރ

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3240 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސ. ހިތަދޫ ފިހާރަ / ރީޖަނަލް ސޭލްސް

އެހެނިހެން ޢިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ފިހާރައަށް ގެންނަ މުދާ ލޯޑުކުރުމާއި އަންލޯޑުކުރުމުގެ މަސައްކަތްތައް ކުރުން
  • މުދާތައް ކަސްޓަމަރުނަށް ޑެލިވަރީ ކުރުމުގައި އެހީތެރިވުން
  • ފިހާރައިގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން
  • ފިހާރައިގެ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުން

ފެންވަރު ނުވަތަ ޝަރުތު

  • އަސާސީ ތަޢުލީމު ހާސިލުކޮށްފައިވުން
  • މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖޫން 04 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން (http://sto.mv/Downloads.aspx ) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]

28 މޭ 2017

 

 

28 މޭ 2017