ވަޒީފާގެ ފުރުޞަތު
ނަންބަރު: Q1-HC/IUL/2017/02
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 07 ޖޫން 2017 14:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގދ. މަޑަވެލި ޞިއްޙީ މަރުކަޒަށް މަސައްކަތު މީހަކު ބޭނުއްވެއްޖެ

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަޤާމުގެ ނަންބަރު:j-252476

ރޭންކް:އެސް.އެސް 2

ކްލެސިފިކޭޝަން:ސަޕޯރޓް ސްޓާފް ގްރޭޑް 2

މަސައްކަތް ކުރަންޖެހޭ ސެކްޝަން:ޞިއްޙީމަރުކަޒުގެ އޮފީސް

އޮފީސް:މަޑަވެލީ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:ގދ. މަޑަވެލި

މުސާރަ:މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:                   

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން .

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ، ބަންދު ދުވަސްތަކުގެ ފައިސާ، ރިސްކް އެލަވަންސް.

     

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:   

1. ޞިއްޙީމަރުކަޒުގެ އެތެރެއާއި، ބޭރު ކުނިކަހާ ސާފުކޮށްބެލެހެއްޓުން.

2. މަރުކަޒުގައި ބޭނުންކުރާ ފެންވަޅު ދިޔަހިއްކައި، ސާފުކޮށް ބެލެހެއްޓުން.

3. މަރުކަޒުގެ ފުރާޅާއި، ދިޔަދޮވި، ފެންތާނގީ ސާފުކޮށް ބަލަހައްޓައި ތާނގީތަކަށް ފެން ނެގުމާބެހޭ އެންމެހާ މަސައްކަތްތައްކުރުން.

4. މަރުކަޒުން އެކިތަންތަނަށް ފޮނުވާ ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކުރުމާއި، ނައްތާލަންޖެހޭ ލިޔުންތައް ރައްކާތެރިގޮތުގައި ނައްތާލުން.

5. މަރުކަޒުން ހިންގާ އެކިއެކި ހެލްތް ޕްރޮމޯޝަން ހަރަކާތް ތަކުގައި ބައިވެރިވުން.

6. މުވައްޒަފަކު ޗުއްޓީ ނަގައިފިނަމައެމުވައްޒަފު ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރުން.

           

މަޤާމުގެ ޝަރުޠުތައް:        

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:                              1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.
  2. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިޔު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:  

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ. )

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގެ ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖޭން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.)

(ށ) ރާއްޖޭގޭ ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް، އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އިންސްޓްޓިއުޓެއް، ނުވަތަ އަމިއްލަ ދާއިރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. ވަޒިފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓްޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

ވަޒީފާއަށް އެދޭ ފޯރމު މަޑަވެލި ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.  މަޤާމަށް އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅުއްވާނީ 07 ޖޫން 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަޑަވެލި ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް ގެ ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގައި ބުނެފައިވާ ތަކެތި ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު: މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު 2017  ޖޫން މަހުގެތެރޭގައި އޮންނާނެއެވެ. މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެތާރީޚަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އިންޓަރވިޔު އޮންނާނެތަން އަންގާނެއެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް

ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔު ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %50 ( ފަންސާސް އިންސައްތަ )

 

އިތުރު މަޢުލޫމާތު:މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6842614 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. 

29 މޭ 2017