ތަމްރީނު
ނަންބަރު: (IUL) 25-A5/25/2017/2
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 07 ޖޫން 2017 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ތަމްރީންހޯދުމަށް މަސައްކަތުގެ ފުރުޞަތު

 

MINISTRY OF FOREIGN AFFAIRS

REPUBLIC OF MALDIVES

                          

                                   

                             Iulaan no: (IUL) 25-A5/25/2017/2                            

 

މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ތަމްރީންހޯދުމަށް މަސައްކަތުގެ ފުރުޞަތު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންޓަރންޝިޕްގެ ފުރުސަތަށް އިއުލާންކުރަމެވެ. މި އިންޓަރންޝިޕްގެ މަޤްސަދަކީ ފޮރިން ސާވިސްގެ ރޮގުންކުރިއަށްދާން ބޭނުންވާ ދިވެހީންނަށް އެފުރުސަތު ހުޅުވާލުމެވެ. މިނިސްޓްރީއަށް އިންޓަރނުން ބޭނުންވާ ޑިވިޜަންތަކާއި އެޑިވިޜަން ތަކުގެ މައިގަނޑު މަސައްކަތްތައް ތިރީގައި މިވަނީއެވެ.

ހިއުމަން ރިސޯސަސް ޑިވިޜަން:

  • ކޮންމެ މަހެއްގެ މުސާރަހެދުމަށް ބޭނުންވާ ހާޒިރީ ރިޕޯޓު، އިތުރުގަޑި ރިޕޯޓު އަދި ގަޑީ ލާރި ރިޕޯޓް ތައްޔާރުކުރުން.
  • ސުޕަރވައިޒަރުގެ ލަފާގެ މަތިން އޮފީހުގެ މަގާމުގަތަކުގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވާލުމާ އެކަމާ ބެހޭ ރެކޯޑާއި ލިޔެކިޔުން ބެލެހެއްޓުން.
  • މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލްގެ މަސައްކަތްތަކަށް އެހީތެރިވުން

ފޮރިން ސަރވިސް ޓްރައިނިންގ އިންސްޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)

  • ފޮސިމް އިން ހިންގާ ޓްރެއިނިންގ  ތަކުގައި އެހީތެރިވެދިނުން.
  • ފޮސިމްގެ ކުއަރޓަލީ ނިއުސް ޕަބްލިކޭޝަން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން،

ސައުތު އޭޝިއާ ޑިވިޜަން:

  • މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން، ސައުތު އޭޝިއާ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަށް ޖެހޭ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  • ސައުތު އޭޝިއާ ގައުމުތަކާއި ގުޅުން ހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށް ދިނުން.

އީސްޓް އެންޑް ސެންޓްރަލް އޭޝިއާ ޑިވިޜަން:

  • މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން، އީސްޓް އެންޑް ސެންޓްރަލް އޭޝިއާ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަށް ޖެހޭ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  • އީސްޓް އެންޑް ސެންޓްރަލް އޭޝިއާ ގައުމުތަކާއި ގުޅުން ހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށް ދިނުން.

އެމެރިކާސް އެންޑް އޯޝަނިއަރ ޑިވިޜަން:

  • މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން، އެމެރިކާސް އެންޑް އޯޝަނިއަރ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަށް ޖެހޭ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  • އެމެރިކާސް އެންޑް އޯޝަނިއަރ ގައުމުތަކާއި ގުޅުން ހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށް ދިނުން.

 

އީޔޫ އެންޑް ޔޫރަޕް ޑިވިޜަން:

  • މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން، ޔޫރަޕްގެ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަށް ޖެހޭ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  • ޔޫރަޕްގެ ގައުމުތަކާއި ގުޅުން ހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށް ދިނުން.

ޕަބްލިކް އިންފޮމޭޝަން ޔުނިޓް ޑިވިޜަން:

  • މިނިސްޓްރީގެ ވެބްސައިޓް އަޕްޑޭޓް ކުރުން – ޚަބަރު، މެސެޖް، މިޝަންސްތަކުގެ މަޢުލޫމާތު
  • މިނިސްޓްރީގައި ހިނގާ އިވެންޓް ތަކުގެ ފޮޓޯ ނެގުން

ޕްރޮޓޮކޯލް ޑިޕާޓްމަންޓް

  • ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުގައުމުތަކުގެ އިއްޒަތްތެރިންނާއި މަތީފެންވަރުގެ ވަފުދުތަކުގެ ޕްރޮޓޮކޯލް އާއި ބެހޭ ހުރިހާ ކަމެއް ސްޕަރވައިޒަރުގެ ބެލުމުގެ ދަށުން ކުރުން.
  • ރައީސުލް ޖުމުހޫރިއްޔާ، ނާއިބު ރައީސް، ފަސްޓްލޭޑީ އަދި ފޯމަރ ޕްރެޒިޑެންޓް ރާއްޖެއިންބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕްރޮޓޮކޯލް ކަންތައްބެލެހެއްޓުން.

މިކަމަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތުތައް

  • މިކަމުގެ ތަމްރީންގައި އުޅޭދުވަސްކޮޅު ފޮރިންއެފެއާޒުން މުސާރައެއް ނުވަތަ އުޖޫރައެއް ނުލިބޭނެއެވެ.
  • މި ތަމްރީން ފުރަތަމަ ހުޅުވައިމިލަނީ 3 މަސް ދުވަހަށެވެ. އެހެން ނަމަވެސްޝައުގުވެރިކަން ހުރިފަރާތްތަކަށް އެއް އަހަރު ދުވަހަށްވެސް މުއްދަތު އިތުރުކުރެވިދާނެއެވެ.
  • މިކަމަށް ކުރިމަތިލާމީހުންގެ ތެރެއިން ފުރަތަމަ ޑިގްރީ ނަވަތަ މާސްޓަރސް ފުރިހަމަކުރަމުންދާ ފަރާތްތައް ނުވަތަ ޖީ.ސީ.އެސް.އީ އެޑްވާންސް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ތަމްރީންގައި ބައިވެރިވެވިދާނެއެވެ.
  • މިޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރައަކީ 18 އަހަރާއި 30 އަހަރާ ދެމެދެވެ.
  • ހޮވޭމީހުން ބަލާނީ ލިބިފައިވާ ސަނަދާއި ހުނަރާއި މިނިސްޓްރީގެ ބޭނުމަށް ފެތޭތޯ ބެލުމަށްފަހުއެވެ.
  •  މިކަމަށް އެކަށީގެންވާކަމަށް ފެންނަ މީހުންނާއި ވަކީން އިންޓަވިއު ކުރެވޭނެއެވެ.

މަތީގައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުން މިނިސްޓްރީގެ އިންޓަރންޝިޕަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ސީ.ވީ އާއި ތަޢުލީމީ ސެޓްފިކެޓްތައް މިނިސްޓްރީއަށް 07 ޖޫން 2017 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ. އިންޓަރންޝިޕްއަށް އެދޭފޯމް މިނިސްޓްރީގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

 

25 މެއި 2017

25 މޭ 2017