ދިވެހިރާއްޖެ
އިއުލާން
ނާރސިންގ ޓެރޭނިންގ ކޯސްތަކާއި ނާރސިންގ ޕްރޮގްރާމް ހިންގާ މަރުކަޒުތައް ކައުންސިލުން އެކްރެޑިޓް ކުރުމާއި ބެހޭ
ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫން 2015/13 ގެ 39 ވަނަ މާއްދާ، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް ލިބިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް މީގެ (ރ) ދަށުން
ނަރުހުންގެ ދާއިރާގެ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތަކަކީ، ތެރެއިން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ޤަބޫލްކުރާ ތައުލީމީ މަރުކަޒުތައް ކަމުގައިވާންޖެހެއެވެ. މީގެއިތުރުން ނަރުހުންގެ ދާއިރާއިން ފުރިހަމަ ކުރާ ކޯސްތަކަކީ މިކައުންސިލުން ބަލައިގަންނަ ކޯސްތަކެއް ކަމަށްވެސް ވާންޖެހެއެވެ. ވީމާ، ނަރަހުންގެ ދާއިރާއާއި ގުޅުން ހުރި ކޯސްތަކާއި، މިކޯސްތައް ހިންގާ މަރުކަޒުތަކަކީ މިކައުންސިލަށް ހުށަހަޅައި، މިކައުންސިލްގެ ހުއްދަ ލިބިގެން މެނުވީ ކޯސްތައް ނުހިންގުމަށް އަންގަމެވެ.
އަދި މިކައުންސިލުން ހުއްދަދީފައިނުވާ މަރުކަޒުތަކުން ހިންގާ ނަރުހުންގެ ދާއިރާގެ ކޯސްތައް މިކައުންސިލްގައި ރަޖިސްޓްރީ ކޮށް ލައިސެންސް ދޫނުކުރެވޭނެ ވާހަކަ އަންގާ އިޢުލާން ކުރަމެވެ.
29 ރަމަޟާން 1438