ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2017/43
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 18 ޖޫން 2017 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިރިހެނުންގެ 02 މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

               

  • ·        މިރަށުގައި މިހާރު ނަމާދުކުރާ ފިރިހެނުންގެ 02 މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް  

މިރަށު މަސްޖިދުއް ތައުބާ އާއި މަސްޖިދުއް ނޫރު، މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި 2 (ދެއެއް) މިސްކިތުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ   ނަންބަރ:38/2017/258 (IUL) (18 މެއި 2017) އިޢުލާނާއި ގުޅިގެން އެކަށީގެން ވާވަރަށް ތަރުހީބު ލިބިފައި ނުވާތީ،އެ އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 07 ޖޫން 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު 18 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކައުންސިލަސް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

  • ·        މަސްޖިދުއް ތައުބާގައި ކުރަންހުރި މަސައްކަތްތައް.

1 މިސްކިތު އެތެރެ ސީލިންގ ގެ 1 ފިލާ ބަދަލުކުރުން.

2 މިސްކިތުގައި ކުލަ،ދަވާދު ލުން (އިންފާރާއެކު)

3 ފެންމޯޓަރު ބަދަލުކުރުން.

4 ފާޚާނާއާއި އިސްކޫރު ބަރީގެ ސީލިންގ ބަދަލުކުރުން.

5 ވުޟޫކުރާ އިސްކޫރުބަރީގެ ކާނުގައި މުށިޖެހުން.

6 ވުޟޫކުރާ އިސްކޫރުބަރީގެ ދިޔަދޮވީގެ ހޮޅި ބަދަލުކުރުން.

  • ·        މަސްޖިދުއް ނޫރުގައި ކުރަންހުރި މަސައްކަތްތައް.

1 ފާޚާނާގެ ދޮރުފަތް ބަދަލުކުރުން.

2 މިސްކިތުގެ ނަލަފިލާ ބަދަލުކުރުން.

3 ދިޔަދޮވީގެ ހޮޅި ބަދަލުކުރުން.

4 މިސްކިތުގައި ކުލައާއި ދަވާދުލުން.

 

 

            

މަޢުލޫމާތު  ދިނުމުގެ  ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް  އެހެން ފަރާތެއް

ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުޏަކުން ފޮނުވާނަމަ، ތަމްސީލްކުރަނީ ކޮންކުންފުންޏެއް ކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

                މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:

2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރު:2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ހާޟިރުނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތައް އެދި ހުށައަޅާ އަންދާސީ ހިސާބު ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ''ފިރިހެނުންގެ 02 މިސްކިތް މަރާމާތުކުރުމަށް'' މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށައަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ފޯނުނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

  • ·        އަންދާސީ ހިސާބު ތައް އިވެލުވޭޓް ކުރެވޭނެގޮތުގެ ތަފްޞީލް

އަގަށް:%50

މުއްދަތައް:%30

   ތަޖުރިބާއަށް

   ކުންފުންޏެއް ނަމަ%5

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މޭ 2017