ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2017/83 ނަންބަރ
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2017
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 26 ޖޫން 2017 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސާކް ޕްރައިޒް އޮން އެޗް.އައި.ވީ/އެއިޑްސް 2017 އާއިގުޅޭ

ސާކް ޓިއުބަރކްލޯސިސް އެންޑް އެޗް.އައި.ވީ/އެއިޑްސް ސެންޓަރ  (ސްޓެކް) ގެ ފަރާތުން އެޗް.އައި.ވީ/އެއިޑްސް ބައްޔާދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެކަމަށް ހިތްވަރުދިނުމުގެގޮތުން ދޭ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ.

ވީމާ، މިއިނާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 13 ޖުލައި 2017 ގެ ކުރިން ސާކް ޓިއުބަރކްލޯސިސް އެންޑް އެޗް.އައި.ވީ/އެއިޑްސް ސެންޓަރ (ސްޓެކް)  އެޑްރެސްކޮށް މި މިނިސްޓްރީ ފޮނުއްވުން އެދެމެވެ.

 

މި އިނާމާއިބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ވެބްސައިޓް އެޑްރެސް އިން ލިބިވަޑައިގަންނަވާނެއެވެ. www.saarctb.org މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަން (3014472) އަށް ގުޅުއްވުން އެދެމެވެ.

            27 ޝައުބާން 1438ހ.

            23 މެއި    2017މ.

25 މޭ 2017