މަޤާމު އަދި ރޭންކު:
|
ލީގަލް އެސިސްޓެންޓް CS7-4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ލީގަލް އެސޯސިއޭޓް ޕްރޮފެޝަނަލްސް
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މުސާރަ:
|
-/9220 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2400 ރުފިޔާ
|
ސްޕެޝަނަލް ޑިއުޓީ އެލަވަންސް:
|
-/3227 ރުފިޔާ
|
އިތުރު ގަޑި:
|
އިތުރު ގަޑީގައި މަސައްކަތްކުރާ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމު އޮތް އޮފީސް:
|
މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:
|
މޯލްޑިވްސް މީޑިއާ ކައުންސިލް، މީޑިއާ ސަރވިސް
|
ތަޢުލީމާއި ތަޖުރިބާ:
|
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
- ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީއެސް 7-3 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.
|
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- މޯލްޑިވްސް މީޑިއާ ކައުންސިލުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އެކުލަވާލަންޖެހޭ ޑްރާފްޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި ތަރުޖަމާކުރުމާއި އަދި މިފަދަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާ އިދާރީ ކަންތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
- ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ކުރަން ޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
- ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
- ކައުންސިލުގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި، ދަޢުވާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
- ޤާނޫނީ ލަފާ ބޭނުންވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެހީތެރިކަން ފޯރުކޮށް ދިނުން.
- ލީގަލް ކައުންސެލްގެ ބެލުމުގެދަށުން ކައުންސިލުގެ ފަރާތުން އެހެން ފަރާތްތަކާ ޤާނޫނީގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
- ކައުންސިލަށް ބޭނުންވެއްޖެ ޙާލަތެއްގައި ޤާނޫނީ ލަފާ ފޯރުކޮށް ދިނުން.
- ކައުންސިލުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން.
- ޤާނޫނީ ގޮތުން ކައުންސިލުގައި ކުރަންޖެހޭ އިދާރީ ކަންތައްތަކާއި، ހިންގުމާއި ބެހޭ ކަންތައްތައް ކުރުން.
- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން. ކައުންސިލުގެ އަދި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ކައުންސިލު މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
- ލީގަލް އެންޑް ރެޖިސްޓްރޭޝަން ޔުނިޓުގެ އިދާރީ މަސައްކަތް ކުރުން.
- މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
|
މި މަޤާމުތަކަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
ފޯމް ފޮނުވަންވީ ތާރީޚާއި ތަން:
|
15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު އަދި އިންޓަވިއު އޮންނާނީ 2017 ޖޫން 28 އިން 2017 ޖުލައި 06 އާ ދެމެދު މިކައުންސިލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަވިއުއަށް އަދި އިމްތިހާނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޤާމަށް އެދޭފޯމް މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާއި ގުޅުއްވުން އެދެމެވެ.
|
02 ރަމަޟާން 1438
28 މޭ 2017
|