ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/2017/27
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:01
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޭގެއިން މަގު ހުރަހަށް ދަނޑި،ދަގަނޑު،ހޮޅި،ޓިނުފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދަށް ހަދާފައިވާ އުޞޫލް އިޞްލާޙްކުރުމާއިބެހޭ
"ގޭގެއިން މަގު ހުރަހަށް ދަނޑި،ދަގަނޑު،ހޮޅި،ޓިނުފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު" ގެދަށުން ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުގައިވާ ޕޮއިންޓެއް އުނިކުރުމާބެހޭ
- ގަވާއިދު ނަންބަރު: 2014/R-13"ގޭގެއިން މަގު ހުރަހަށް ދަނޑި،ދަގަނޑު،ހޮޅި،ޓިނުފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު-ދ.ހުޅުދެލި"ގެ 9 ވަނަ މާއްދާގައިވާ ޤަވާއިދާ ޚިލާފަށް ބަހައްޓާފައިހުންނަ ތަކެތީގެ ތެރޭގައި ގޭގެއިމުން ބޭރަށް (މަގުމައްޗަށް) ހުންނަ ރުއްގަސް މަގުމައްޗަށް ނުވަތަ އިމުން ބޭރަށް ހުންނަންވާނީ ބިންމަތިން ފެށިގެން 13 ފޫޓް އުހުގައިކަމާއި މިގޮތަށް ހުންނަ ރުއްފަދަ ތަކެތި އިމުން ބޭރަށް 13 ފޫޓަށްވުރެ އުހުގައި ހުރިކަމުގައިވީނަމަވެސް މަގުމައްޗަށް ކާށި،ކުރޮޅި،ގަބުޅިފަދަ ތަކެތި ވެއްޓޭގޮތަށް ބެހެއްޓުމަކީ މަނާކަމެއްކަމަށް އޮންނަ އުސޫލަކީ ދެންނެވުނު ޤަވާއިދުގެ ދަށުން ހެދިފައިވާ އުސޫލަކަށްވުމުން އެ ޕޮއިންޓް ޤަވާއިދު ނަންބަރު 2014/R-138 "އާންމު އުދަނގުލާބެހޭ ޤަވާއިދު-ދހުޅުދެލި" އަށް ފެތޭ އުސޫލަކަށްވާތީ ދެންނެވުނު އުސޫލު، ގަވާއިދު ނަންބަރު: 2014/R-13"ގޭގެއިން މަގު ހުރަހަށް ދަނޑި،ދަގަނޑު،ހޮޅި،ޓިނުފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު-ދ.ހުޅުދެލި" އިން އުނިކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެހެންކަމުން ގޭގޭގެ އިމުން މަގުމައްޗަށް ނިކުމެފައިހުންނަ ރުއްގަހުގެ އުނދަގޫ އާއްމު ރައްޔިތަކަށްވާނަމަ ނުވަތަ ދުއްވާ އެއްޗެއްސަށްވާނަމަ އެމައްސަލަ މިއިދާރާއަށް ހުށައެޅުމުން ތުރާފިލުވުމުގެ ނުވަތަ އާއްމު އުނދަގުލާބެހޭ މައްސަލައަކަށް ނިންމައި މިއިދާރާއިން ރުއްގަސް ނުވަތަ ގަސްގަހުގެ އަފި/ފަން ފަދަތަކެތި ނެގުމަށް ނުވަތަ ކޮށުމަށް އެންގޭނެއެވެ. އަދި ދަންނަވަމެވެ. މަގުމަތީގައި ރުއްގަސް އިންދުމަކީ ރުއްގަހާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެއްކަންވެސް މައުލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 މޭ 2017