ދިވެހިރާއްޖެ
އިޢުލާން ނަންބަރ:H-2017/94B
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
މިކުންފުނީގެ ކ.ގުރައިދޫ އިންޖީނުގޭގެ ގޯއަޗާއި އޮފީސް އިމަރާތް 01 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި،ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2017/94A އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބު ތަކުގެ އަގު ބޮޑު ކަމަށް ފެންނާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.
މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޖޫން 01 ވާ (ބުރާސްފަތި) ދުވަހުގެ 12:00 އަށް މިކުންފުނީގެ ކ.ގުރައިދޫ އިންޖީނުގެއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮފޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފްޞީލު:
އަގަށް: 90 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 90
ތަޖުރިބާ: 10 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- ހުށަހަޅާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މިމަސައްކަތަށް ފައިސާ ދޫކުރެވޭނީ ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2017/ 94B
ބިޑް ހުޅުވުން:
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޖޫން 08 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް ކ.ގުރައިދޫ އިންޖީނުގެއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
02 ރަމަޒާން 1438
ނޯޓް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338125 ނަންބަރު ފޯނާއެވެ.
- އީމެއިލް ކުރައްވާނީ[email protected]
28 ޖޫން 2017