ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2017/23
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2017
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 06 ޖޫން 2017 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރު: J-206814
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
ސެކްޝަން: ފައިނޭންސް އެންޑް ފެސިލިޓީސް ޑިވިޜަން
މަޤާމް އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް
ވަޒީފާ އަދާކުރަން ޖެހޭ ތަން: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ
މުސާރަ: 5,020 ރުފިޔާ
ސަރވިސް އެލެވަންސް: 1,500 ރުފިޔާ
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1-      މޯލްޑިވްސް ޕޮލިޓެކްނިކްގެ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ކަމާގުޅޭ ޑިޕާޓްމަންޓް/ސެކްޝަން/ޔުނިޓުތަކުން ހޯދުމަށްފަހު، ބަޖެޓް ތައްޔާރުކުރުމަށްފަހު މިނިސްޓްރީން އަންގާ ތާރީޚަކަށް ބަޖެޓް މިނިސްޓްރީއަށް ފޮނުވުން.
2-      މޯލްޑިވްސް ޕޮލިޓެކްނިކަށް ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.
3-      ކެޕިޓަލް ޚަރަދުތައް ކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ފޮނުވުން އަދި ކެޕިޓަލް ތަކެތީގެ އަޕްޑޭޓްސް މިނިސްޓްރީއިން ބެއްލެވުމަށްފަހު، ސެކްޝަނުގެ އިސްވެރިޔާގެ ސަމާލުކަމަށް ދުވަހުން ދުވަހަށް ގެނައުން.
4-      އެސެޓްކޯޑްގެ ހުއްދައަށް ފޮނުވަންޖެހޭ ތަކެތި މިނިސްޓްރީއޮފް ފިނޭންސް އަށް ދުވަހުން ދުވަހަށް ފޮނުވުން އަދި މި ތަކެތީގެ އަޕްޑޭޓްސް ބެއްލެވުމަށްފަހު ސެކްޝަނުގެ އިސްވެރިޔާގެ ސަމާލުކަމަށް ގެނައުން.
5-      ބަޖެޓުގެ ކޯޑުތަކުގެ ބާކީ ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުމާއި، ބަޖެޓްކޯޑުގެ ޓްރާންސްފަރ އަށް ހުށަހަޅަންޖެހޭ ލިޔުންތައް ސެކްޝަންގެ އިސްވެރިޔާގެ އިރުޝާދުގެ މަތިން ދުވަހުން ދުވަހަށް މިނިސްޓްރީއަށް ފޮނުވުން
6-      ބިލް ޕޯސްޓްކުރުމަށްފަހު، އަދާކުރެވޭ ބިލްގެ ސްޓޭޓަސް ސެޕް ސިސްޓަމްއިން ބެލުމަށްފަހު ސެކްޝަނުގެ އިސްވެރިޔާގެ ސަމާލުކަމަށް ގެނައުން އަދި ބިލް އަދާކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް އެބިލްތައް އަލުން ޕޯސްޓްކުރުން
7-      އަދާކޮށް ނިމޭ ބިލްތަކުގެ މަޢުލޫމާތު ބިލްގެ ވެރިފަރާތަށް ފޯރުކޮށްދިނުން.
8-      ސެކްޝަނަށް ލިބޭ ބިލް 7 ދުވަހުގެ ތެރޭގައި އަދާކޮށް ނިންމުން
9-      ވެންޑަރ ކްރިއޭޓް ކުރަންޖެހޭ ފަރާތްތަކުގެ ވެންޑަރ ބިލް ލިބޭތާ 3 ދުވަހުގެ ތެރޭގައި ކްރިއޭޓްކޮށް ނިންމުން.
10-  މުސާރަ ދިނުމުގައި ބަޖެޓާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ނިންމުމަށްފަހު، މުސާރަ ދިނުމަށް ކަނޑައެޅިފައިވާ ދުވަސްތަކުގައި މުސާރަ ދެވޭކަން ކަށަވަރުކުރުން.
11-  އޮފީހަށް ބޭނުންވާ އިންޓަރނެޓް، ޓެލެފޯން، ފެކްސް، ކަރަންޓް، ސެކިއުރިޓީ އަދި ފެނުގެ ބިލްތައް ޖޫރިމަނާ ވުމުގެ ކުރިން އަދާކޮށް ނިންމުން.
12-  އޮފީހަށްލިބޭ ބިލްތަކުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
13-  ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ މާލިއްޔަތު ޤަވާއިދާއި ޤާނޫނުތަކާއި އަދި ކަމާއިގުޅޭ އިދާރާތަކުގެ ސާކިއުލަރ ތަކާއި އެއްގޮތަށް އަމަލުކުރުން.
14-  ތިޖޫރީ ބެލެހެއްޓުމާއި އަދި ތިޖޫރީ ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލްތަކުގެ މަތީން ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ފޮނުވުން.
15-  ޕޮލިޓެކްނިކްގެ އިންކަމް ރިޕޯޓްތައް ބެލެހެއްޓުމާއި އަދި މިރިޕޯޓްތައް ނިންމައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ފޮނުވުން.
16-  އޮފީހަށް ބޭނުންވާ ޕެޓީކޭޝް ހޯދުމަށް ރިކުއެސްޓް ކޮށް ޕެޓީ ކޭޝް ޚަރަދު ކުރުމުގެ އިންތިޒާމްތައް މާލިއްޔަތު ޤަވާއިދާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
17-  އޮފީހުގެ ބޭނުމަށް ކުރެވޭ ރަސްމީ ދަތުރުތަކުގެ ރިޕޯޓްތައް ޤަވާއިދުން ބަލަހައްޓަމުން ގެންދިއުން.
18-  މުސާރަދިނުމާއި ޕެންޝަނާއި ގުޅުންހުރި މަސައްކަތްތައް ފުރިހަމަކުރުން.
19-  އެކި އެކި އިދާރާތަކަށް ފޮނުވާ ބަޖެޓް ރިޕޯރޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ދުވަހަށް ރިޕޯރޓްތައް ހުށަހެޅުން.
20-  އޮފީސް ހުޅުވާ ލެއްޕުމާއި އޮފީހުގެ ޑިއުޓީއެއް އަދާކުރަންޖެހިއްޖެނަމަ، އެކަން ބަރާބަރަށް ފުރިހަމަ ކުރުން.
21-  ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.
މަޤާމުގެ ޝަރުޠުތައް: 1-     އެޑްމިނިސްޓްރޭޝަން/ ބިޒްނަސް/އެކައުންޓިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
2-     މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ  ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
3-     ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ  ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ·         ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
·         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
·         ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
·         ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.
·         މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
ހުށަހަޅަންޖެހޭ ލިޔުންތައް: 1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 
2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
6.     ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
8.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ)ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.polytechnic.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖޫން 2017 ވާ އަންގާރަ، ދުވަހުގެ 14:00ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3320701 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 
   
އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް  އޮންނާނީ،  07 ޖޫން 2017  އާއި 18 ޖޫން 2017  އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ  މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޕޮއިންޓުގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ. 
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305401 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކ3320701 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
28 މޭ 2017