ދިވެހިރާއްޖެ
އިޢުލާން ނަންބަރު: MRDC-IUL/2017/22
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ޕްރޮޖެކްޓްތައް ހިންގަމުންދާ ގދ.ތިނަދޫ ސައިޓް އޮފީހަށް އެސިސްޓެންޓް މެނޭޖަރ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓަންޓް ސައިޓް މެނޭޖަރ، ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެމް.އެސް 2 – ގްރޭޑް 1 |
މުސާރަ: |
މަހަކު -/7430 ރުފިޔާ (ހަތްހާސް ހަތަރުސަތޭކަ ތިރީސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
މިކޯޕަރޭޝަނުގެ ހދ.ކުޅުދުއަފުށީ ސައިޓްގައި (މެނޭޖުމަންޓުން އަންގާ ސައިޓް / އޮފީސްތަކުގައި) |
ފެންވަރު ނުވަތަ ޝަރުތު: |
-މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސައިޓް ހިންގުމުގައި މެނޭޖަރަށް އެހީތެރިވެދިނުން. - އެއިރެއްގައި މަސައްކަތްހިނގާ ސައިޓްތަކަށްގޮސް މަސައްކަތް ހިނގާނުހިނގާގޮތް ޗެކްކޮށް މެނޭޖަރަށް ރިޕޯޓުކުރުން. - ޙާޒިރީތައް ބަލާ ޗެކްކުރުން ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމަށް ވެރިންނަށް ލަފާދިނުން. - މިނޫންވެސް މަޤާމާ ގުޅޭގޮތުން ޙަވާލުކުރައްވާ ކުންފުނީގެ މަސައްކަތް ކުރުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޖޫން 07 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ސައިޓް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖޫން މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
29 ޝަޢުބާން 1438
25 މެއި 2017