ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2017/63
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2017
ޕަބްލިޝްކުރި ގަޑި: 19:02
ސުންގަޑި: 30 މޭ 2017 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޒަކާތު މަސައްކަތަށް އާމިލުން ހޯދުން

 

ފިޠުރުޒަކާތް ނެގުމާއި ބެހުމުގެ ކަންކަމަށް ކޮންޓްރެކްޓް އުޞޫލުން އާމިލުން ނެގުމާއި ބެހޭ:

               އެހެން އަހަރުތަކޭވެސް އެއްފަދައިން 1438 ވަނަ އަހަރުގެ ޒަކާތް ނެގުމާއި ބެހުމާއި 1437 ވަނަ އަހަރުގެ މުދަލުގެ ޒަކާތް ބެހުމުގެ މަސައްކަތް ކުރާނެ އާމިލުން ކޮންޓްރެކްޓް އުޞޫލުން ނެގުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:  10

މުއްދަތު: 60 ދުވަސް

އުޖޫރަ: މަސައްކަތުގައި ހޭދަވާ ކޮންމެ ގަޑިއަކަށް -/40 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތު: ރަސްމީ މަސައްކަތު ދުވަހުގެ ހެނދުނު 8.00 ން މެންދުރު ފަހު 14.00 އަށް

މި މަގާމަށް ހޮވާ ކޮންޓްރެކްޓް މުވައްޒަފުންގެ ޝަރުޠު:

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލްގެ ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv   އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ މައިގަނޑު ކަންތައްތައް:

    ތަޢުލީމީ ސެޓްފިކެޓާއި މަސައްކަތުގެ ތަޖުރިބާ އިންޓަވިއު އަށް ބެލެވޭނެއެވެ.

ޒަކާތު ކޮންސަލްޓެންޓް މަގާމަށް އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 30 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.

 

މަސައްކަތް ކުރަންޖެހޭ ތަން:

1 އައްޑޫ ސިޓީގައި ،ގދ. ތިނަދޫ  އަދި މާލެ.

ސުންގަޑި

30 މެއި 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އައްޑޫ ސިޓީގައި ހުންނަ އިސްލާމިކް އެފެއާޒްގެ އިދާރާއަށެވެ.

 

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

29 ޝަޢުބާން 1438

25 މޭ 2017