ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2017/11
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2017
ޕަބްލިޝްކުރި ގަޑި: 18:11
ސުންގަޑި: 04 ޖޫން 2017 14:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޝަތު

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

ވޭޖް އެމްޕްލޯއި މަންޓްގެ އުސޫލުން 3 މަސްދުވަހަށް

 

މަޤާމް:             މުދިމް

ރޭންކް:             ޖީ.އެސް. 1 (ޖެނެރަލް ސަރވިސް 1 )

ކްލެސިފިކޭޝަން:       އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ:       ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ

ސެކުޝަން:          ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާގެ (މުނިސިފަލް ސާވިސް)

ވަޒީފާއަދާކުރަންޖެހޭ ތަން: ލ. ކުނަހަންދޫ ކައުންސިލްގެ އިދާރާ(އަލައް ޢިމާރާތްކުރި މިސްކިތު)

މުސާރަ:             3565.00 ރުފިޔާ

ޝާވިސް އެލަވަންސް:    1500.00 ރުފިޔާ

ބޭނުންވާ ޢަދަދު:      1 (އެކެއް)

 

ތަޢުލީމާއި ތަޖުރިބާ:

1 ހ. ދިވެހިރާއްޖޭގެ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ޙާޞިލް ކޮށްފައި ވުން ނުވަތަ ސާނަވީ ތަޢުލީމް ފުރިހަމަ ކޮށްފައިވުން.

                  ށ. ދިވެހިރާއްޖޭގެ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައި ވުން

ނ. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު ސާނަވީ      އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން ' ސީ' ގްރޭޑް ލިބިފައި ވުން.   

ރ. ދިވެހިރާއްޖޭގެ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައި ވުމާ

އެކު މުދިމްކަމުގެ ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަތީ އިމްތި އިމްތިޙާ

ނަކުން 2 މާއްދާއިން ދައްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއިއެކު ސާނަވީ އިމްތިޙާނުގައި 'ދިވެހި'

މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން (މުދިމްކަމުގެ ސަނަދު ނުވަތަ އިމާމު ކަމުގެ 

ސެޓްފިކެޓް އޮތުން.                                                

                   ބ. ވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 3 ރޭންކަށް ކަނޑައަޅާ ތަމްރީނެއް                       ޙާސިލް ކޮއްފައި ވުން.

މަޤާމުގެ މަސްއޫލިއްޔަތު:

01 ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތައްގޮސް މިސްކިތުގެ ކަންތައްތައް ބަލާ ރަނގަޅުކުރުމާއި ފަރުޟު  ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން:

02މިސްކިތްތަކަށްލިބެމުންދާ ގެއްލުންތަކާއިދަތިވާކޮންމެކަމެއްރަށުއޮފީހަށް އަންގައިއެކަންރަނގަޅުކުރެވޭތޯ ބެލުން   

03 ރަމަޟާންމަހު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުން:

04 އިމާމުވެ ކޭތަނަމާދާއި ޢީދުނަމާދު ކުރުން:

05މިސްކިތުގެސައުންޑްސިސްޓަމްބެލެހެއްޓުމާއިސިސްޓަމަށްމައްސަލައެއްދިމާވެއްޖެނަމައެކަންރަށުއޮފީހަށްއެންގުން

06 ރަށުއޮފީހުން ނުވަތަ ރަށުގެ ވެރިން އަންގަވައިފި ހިދެއްގައި މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދު ކުރުމާއި،މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން:

07 މިސްކިތުގައި މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތްބަލާ އެމީހުންލައްވާ މަސައްކަތް ކުރުވުން:

08 މިސްކިތު މަސައްކަތު މިހާ ޗުއްޓީގައި ނުވަތަ ބަލިވެ ސަލާމުގައި ހުންނަ ދުވަސްތަކުގައި އޮފީހުން ހަމަޖައްސަވާ އުސޫލެއްގެ މަތިން މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި، މިސްކިތު ގޯތިތެރެ ވިނަނޮޅާ ސާފުކުރުމާއި، މިސްކިތް ތަކުގައި ހުންނަ ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ ތަންތަން ސާފުކޮށް ބެލެހެއްޓުން(މީގެ ތެރޭގައި މިސްކިތު ގޯތިތެރޭގައި ހުންނަ ޤަބުރުސްތަނުތަށް ނުހިމެނެއެވެ.)

09 ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތް ތަކުގައި ބައިވެރިވުން، (މިކަމަށް އިތުގަޑީގެ ފައިސާއެއް ނުލިބޭނެއެވެ)

10 މިސްކިތުގެ އިމާމަކު ރަށުއޮފީހަށް ނުކުމެ ސޮއި ކޮށްފައިވަނިކޮށް، ހަމައެދުވަހު އިމާމުމީހާއަށް ކަމެއް ދިމާ ވެގެން މިސްކިތަށް ދިއުމަށް ޢުޒުރުވެރި ވެއްޖެނަމަ އެދުވަހުގެ ބަކީއޮތް ބަޔަށް މިސްކިތަށް އިމާމަކުހަމަޖެއްސު މަކީ މިސްކިތް ޙަވާލު ކޮށްފައިވާ އިމާމުމީހާގެ ޒިންމާއެކެވެ.މިގޮތުން ޙަވާލުކުރައްވާ ޢިމާމަކީ ތަޖުވީދުމަގުން ޤުރުއާން ކިޔަވަންއެނގޭ މީހަކަށްވުމާއި،ރީތިކޮށްބަންގި ގޮވަންދަންނަ މީހަކު ކަމުގައިވާންވާނެއެވެ (އަދިމިކަން ރަށުއޮފީހަށްވެސް އެންގެވުން އެދެމެވެ.)

11 ވަގުތީގޮތުން މިސްކިތްތަކާ ޙަވާލުވާ މީހުން ރަސްމީދުވަސްތަކުގައި 11.00 ގެކުރިން ސޮއިކުރައްވަން   ވާނެއެވެ.

12 މިސްކިތް ޙަވާލުވެފައިވާ މުއްދަތުގެ ތެރޭގައި ރަށު  އޮފީހަށް އެންގުމަކާއި ނުލާ ބަންގި ގޮވުމަށް މިސްކި ތަށް ހާޒިރުނުވާ ކޮންމެ  ނަމާދުވަގުތަކަށް  އެދުވަހުގެ މުސާރަ އާއި ސާރވިސް އެލަވަންސްގެ ފަސް ބައިކުޅަ އެއްބައި ކަނޑާލެވޭނެއެވެ.

13 މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު/ މުދިމު މިސްކިތުއެތެރެ ސާފުކުރު މާއި ނަމާދުކޮއް ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

14 މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރި ކަން ދިނުމާއި އަދި ނިމެންދެން މިސްކިތުގައި މަޑުކުރުން.

15- ރަށު ކައުންސިލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރި ވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތަށްތައް ކުރުން:

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

    1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު:

       ހ- ތަޢުލީމީ ނަތީޖާ:

       ށ- އިންޓަވިއު ނަތީޖާ:

       ނ- މަސައްކަތް ކުރެވޭފަދަ ސިއްޙަތެއް:

އިންޓަވިއު އޮންނާނެތަނާއި، މުއްދަތު:

ހ- ވަޒީފާއަށް އެދި ކުރިމަތިލި ފަރާތްތަކަށް ބާއްވާ އިންޓަވިއު އޮންނާނީ ކުނަހަންދޫ  ކައުންސިލްގެ އިދާރާ     07 ޖޫން  2017 ވާ ބުދަ  ދުވަހު 13.00 ން 15.00 އަށެވެ.(ޙާޒިރުވެ ވަޑައިނުގަންނަވާ           ބޭފުޅުން އިންޓަވިއު ކުރުމުގައި މުޢާސަލާތީ އެއްވެސް ޚިދުމަތެއް ބޭނުމެއް ނުކުރެވޭނެއެވެ.)                                                       

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

2017 ޖޫން 04 ވާ ހޯމައާދީއްތަ ދުވަހު މެންދުރުފަހު 14.00 ގެ ކުރިން "ލ. ކުނަހަންދޫ ކައުންސިލްގެ  

އިދާ" އަށް                                                          

އުޖޫރައާއި ޢިނާޔަތްތަށް:

      ރަސްމީ ބަންދު ދުވަހު މަސައްކަތްކުރުމުން ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެ  ގޮތުގައި ކޮމެ އަހަރަކު 30 ދުވަހާއި، ޢާޢިލީ ޒިންމާ ޗުއްޓީގެ ގޮތުގައި އަހަރަކު 10 ދުވަސް، ލިބޭނެއެވެ. އަދި ސިވިލް ސަރވިސްގެ ޤަވާޢިދު ގައިވާގޮތުގެ މަތީން އެންމެހާ ޢިނާޔަތްތަށް ލިބިދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތަށް:

1-      ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް( ފޯމް ލިބެން ހުންނާނީ ސިވިލް ސަރވިސް ކޮމިޝަން ، އަތޮޅު ކައުންސިލްގެ އޮފީހަކުން، ލ. ކުނަހަންދޫ ކައުންސިލްގެ އިދާރާއިން ނެވެ.

2-      ތަޢިލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ

ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3-      ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން:

4-      ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްޢޫލިއްޔަތު އެގޭނޭ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު

5-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

6-      ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުލޭނެ ނަމްބަރާއި އީމޭލް އެޑްރެހާއެކު)

7-      ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވި           އްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފަކު ފަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

8-      ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ނަމަ މަސައްކަތްކުރާ އިދާރާ އަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާގު ހުރިގޮތް ބަޔާންކުރާ ފޯމް"

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  ،7955667، 9995970 ،  ނަމްބަރު ފޯނާއެވެ. އީމޭލް  Kuna.council@gmail ,   

 

29  ޝަޢުބާން     1438

25  މެއި        2017

25 މޭ 2017