ދިވެހިރާއްޖެ
އިޢުލާން
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ)
ހަވާލާދެވިފައިވާ މަޤާމްގެ ޓާރމްސް އޮފް ރެފެރެންސްއަށް އައި މުހިއްމު ބަދަލުތަކަކާއި ގުޅިގެން، މި މަޤާމަށް ކުރިންކުރެވުނު އިޢުލާނު ނަންބަރު (IUL)438-OFID/1/2017/51) މޭ(16 މޭ 2017) ބާތިލްކޮށް އަލުން އެ މަޤާމަށް އިޢުލާން ކުރީމެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ.ފޭދޫ، ސ. ހުޅުދޫ އަދި ސ. މީދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއަށް ކޯޑިނޭޓްކުރުމަށް އެހީތެރިވެދިނުމަށް 01 (އެކެއް) އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމަށް ބޭނުންވެއެވެ.
އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ އިރުޝާދާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، ޕްރޮޖެކްޓް ޓީމާއި އަދި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ރަށް: އައްޑޫ ސިޓީއެވެ.
އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) މަސައްކަތާއި ގުޅޭ ދާއިރާއިން ޑިޕްލޮމާ ލެވެލް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުމާއެކު ކޮންސްޓްރަކްޝަން ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
ށ) މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ހަޔަރ ސެކަންޑަރީ ސެޓުފިކެޓު އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު ކޮންސްޓްރަކްޝަން ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނ) ބައިނަލްއަޤްވާމީ އެހީދޭ ޖަމްޢިއްޔާއެއްގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ރ) ޕްރޮޖެކްޓް މޮނިޓަރިންގ އަދި މަޝްރޫޢުތައް ހިންގުމުގައި އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ބ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް މުޢާމަލާތްކޮށް ޙައްލުކުރުމަށް ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.
- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.
އިންޓަވިއު:
އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު އެރުވޭނެއެވެ. އަދި އެފަރާތެއް ކުރިން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވުމަށް އެންގޭނެއެވެ.
އުޖޫރަ:
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެގޮތުގައި، މަހަކު -/23,000 ދިވެހި ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.
މަސައްކަތުގެ މުއްދަތު:
މި މަސައްކަތުގެ މުއްދަތަކީ 12 (ބާރަ) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް:
މަތީގައި ބަޔާންވެފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
ސުންގަޑި:
ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖޫން 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް ނުވަތަ އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް، ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 453-3018-960+ / 454-3018-960+
ފެކްސް: 301-3018-960+
އީމެއިލް: [email protected]
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނުން 3018453 އަށް ގުޅުއްވުން އެދެމެވެ.
25 މޭ 2017