ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2017/77
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2017
ޕަބްލިޝްކުރި ގަޑި: 16:20
ސުންގަޑި: 01 ޖޫން 2017 14:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ ފުރަތަމަ ރަސްމީ ޖަލްސާއަށް ވަނުމުގެ ފުރުޞަތު މީޑިއާތަކަށް ހުޅުވާލުން

އިޢުލާން

އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ ފުރަތަމަ ރަސްމީ ޖަލްސާއަށް ވަނުމުގެ ފުރުޞަތު މީޑިއާތަކަށް ހުޅުވާލުން

03 ޖޫން 2017 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:00 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 3 ވަނަ ސިޓީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގެ ކަންކަން މޮނިޓަރ ކުރުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފީމެވެ.

މި ޖަލްސާގައި އައްޑޫސިޓީގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ އިންތިޚާބު ކުރެވޭނެއެވެ. އެހެންކަމުން ޖަލްސާގެ ކަންކަން ހިނގަމުންދާ ގޮތް މޮނިޓަރކުރުމަށް ބޭނުންފުޅުވާ މީޑިއާތަކުން. މިއިދާރާއަށް ލިޔުމަކުން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފއެވެ. އަދި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ހޯލުގެ ޖާގަ އޮތް މިންވަރަށް ބަލައި ހުށަހަޅާ ތަރުތީބުން ޖަލްސާގެ ކަންކަން ހިނގަމުންދާ ގޮތް މޮނިޓަރ ކުރުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.    

ވުމާއެކު، އައްޑޫސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ކަންކަން ހިނަގަމުންދާ ގޮތް މޮނިޓަރ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 25 މެއި 2017 ވާ ބުރާސްފަތި ދުވަހުން ފެށިގެން 01 ޖޫން 2017 ވާ ބުރަސްފަތި ދުވަހުގެ 14:30 ގެ ނިޔަލަށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ކައުންސިލްގެ ހޮޓްލައިން ނަމްބަރު : 7905003 އަށް ގުޅުއްވުން އެދެމެވެ.   

29 ޝައުބާން 1437

25 މޭ 2017